ހުކުރު ނަމާދަށް ތިއްބައި ހަމަލަ ދީފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 11, 2025

ޕާކިސްތާނުގެ ގާދިޔާނީ ފިކުރުގެ މީހުން ގިނައިން ދިރިއުޅޭ ރަބްވާ ސިޓީގެ ބައިތުލް މެހްދީ މިސްކިތަށް ހުކުރު ނަމާދަށް ތިއްބައި ހަމަލަ ދީފިއެވެ. ފުލުހުން ވަނީ ހަމަލާދިން މީހާ މަރާލާފައެވެ.

ޕާކިސްތާންގައި ގާދިޔާނީ ފިކުރުގެ އަހުމަދީ ޖަމާއަތުގެ މީހުންނަކީ މުސްލިމުން ކަމުގައި ބަލައެއް ނުގަނެއެވެ. އެމީހުންނަކީ ޝަހާދަތް ކިޔައި އުޅޭ އެއްކައުވަންތަކަމަށް ހެކިވާ އަދި މުހައްމަދު ނަބިއްޔާގެ ރަސޫލުކަމަށް ހެކިވާ ބައެކެވެ. ނަމަވެސް އެ ނަބިއްޔާއަކީ އެންމެ ފަހުގެ ރަސޫލާ ކަމަށް މިމީހުން ގަބޫލެއް ނުކުރެއެވެ.

އަޒުހަރުން ދެކެނީ މިމީހުންނަކީ މަގު ފުރެދިފައިވާ ”މުސްލިމު ޖަމާއަތެއް“ ކަމަށެވެ.

ހުކުރު ވަގުތު ދިން މި ހަމަލާގައި ސެކިއުރިޓީ ބަލަހައްޓަން ތިބި 6 ވޮލަންޓިއަރުންނަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން 2 މީހުންގެ ހާލަތު ވަނީ ސީރިއަސްވެފައެވެ. ސީސީޓީވީ ފުޓޭޖުން ދައްކާގޮތުން ހަމަލާދިން މީހާ ވަނީ ފިސްތޯލައެއް ހިފައިގެން އައިސް ހަމަލާދީފައެވެ. އަދި އެވަގުތު ކައިރީގައި ތިބި ފުލުހުން ވަނީ އޭނާއަށް ހަމަލަދީ މަރާލާފައެވެ.

އަހުމަދީންގެ ނަމާދު ކުރާ ތަންނަނަށް ދޭތެރޭން ހަމަލަ ދެމުން ދެއެވެ. އަދި އެއީ މިސްކިތް ކަމަކަށް ބަލައެއް ނުގަނެއެވެ.

ހާދިސާ ހިނގި ތަނުން ފެނުނު އުޅަނދަކުން ހަމަލާދިން މީހާގެ ލައިސަންސް ކާޑު ފެނިފައިވާކަމަށާއި އަދި އޭނާއާއެކު އިތުރު މީހަކު ހުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްފައެވެ.

އަހުމަދީންގެ އސް ދީނީ ލީޑަރު ހަޒްރަތު މިރްޒާ މަސްރޫރު އަހުމަދު ދިރިއުޅެނީ ޔޫކޭގައެވެ.

މި ލިޔުމާ ގުޅޭ