ދަރިފުޅުގެ ލޯބިވެރިޔާގެ ކަންކަށީގައި ތަފާއްޔެއް ޖަހައި ދޭނެ މީހަކު ހޯދަން އިއުލާން ކޮށްފިއެވެ. ތައިލެންޑްގެ ޗަމްފޯން ޕްރޮވިންސްގެ މަހާސާދާގަރު 65 އަހަރުގެ އަރްނޯން ރޯތޯންގް، ވަނީ އޭނާގެ ދަރިފުޅާ ހިތޔާވެގެން އުޅޭ އަންހެން މީހާގެ މޫނު މަތީގައި ފަތާއްޔެއް ޖަހައި ދޭނެ މީހަކަށް 900 އެމެރިކާ ޑޮލަރު ދޭނެ ކަމަށް ބުނެފައެވެ.
އެ ސަރަހައްދުގައި އެންމެ ގިނައިން ދޫރިއަން ވިޔަފާރި ކުރާ އަރްނޯން ރޯތޯންގް ރުޅި އައިސްގެން ގުޅެނީ މި ލޯބިވެރިޔާ އޭނާގެ އާއިލާގެ އެހެން ކުއްޖަކާ ހިތާ ވުމަށް ފަހުން ފަހުން އޭނާގެ ދަރިފުޅުގެ ޒަވާޖީ ހަޔާތް ބަރުބާދުކޮށްލާފައިވާތިއެވެ.
ރޯތޯންގްގެ ދަރިފުޅު ޗައި ވަނީ ސިއްރުން މިއަންހެން މީހާ ގެންގުޅެފައެވެ.
ޗައިގެ ސިއްރު ލޯބިވެރިޔާ ”އޯން“ އަކީ ކުރިން ރޯތޯންގްގެ ކުންފުނީގެ އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އޭނާ ވަނީ ފުރަތަމަ ރޯތޯންގްގެ ކާފަ ދަރިއަކާ ހިތާވެގެން އުޅެފައެވެ. އޭގެ ފަހުން ޗައިއާ ހިތާވެފައެވެ.
ޗައި އަކީ ކައިވެނިކޮށްގެން ދަރިއަކު ވެސް ލިބިފައިވާ މީހެކެވެ. ނަމަވެސް އޯންއާ ހިތާވި ފަހުން އޭނާ ވަނީ އަނބިމީހާއާއި ދަރިފުޅު ދޫކޮށްލާފައެވެ.






