ބޮންގައި ބަލޮޗިސްތާން މީހުން މުޒާހަރާކޮށްފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 12, 2025

ބަލޮޗިސްތާނުގައި ނިޒާމުން މީހުން ގެއްލުވާލުމާއި ދައުލަތުގެ ބާރުގެ ބޭނުންކޮށްގެން ހިންގާ އަނިޔާވެރި ޢަމަލުތައް ކުށްވެރިކޮށް، ބަލޮޗް ނޭޝަނަލް މޫވްމަންޓް (ބީއެންއެމް) އިން ޖަރުމަނުގެ ވެރިރަށް ބޮންގައި މުޒާހަރާއެއް ބާއްވައިފިއެވެ. މުޒާހަރާގެ ބައިވެރިންވަނީ، ”ބަލޮޗީން ނެތިކޮށްލުމުގެ ޖަރީމާ“ގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރާ ކަންކަން ބެލުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ ހިމޭންކަން ނިމުމަކަށް ގެނެސް، އެކަންކަން ތަޙްޤީޤުކުރުމަށް ގޮވާލާފައެވެ.

ބީއެންއެމްގެ ލީޑަރުންވަނީ ޕާކިސްތާނު ސިފގައިން އަނިޔާވެރިވާ ކަމަށް ތހުމަތުކޮށް، ވައިގެ މަގުން ހަމަލާތައް ދޭ ކަމަށާއި މީހުން މަރާލުމަށްފަހު އެއްލާލާ ކަމަށް ބުނެފައެވެ. އަދި އިންސާނީ ހައްޤުތަކަށް ފުޅާދާއިރާއެއްގައި އަރައިގަންނަމުންދާ ކަމަށާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން މި ކަންކަމަށް ފަރުވާކުޑަކުރާ ކަމަށް ބުނެ ފާޑުކިޔާފައެވެ.

މުޒާހަރާގައި ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ޖައްބާރު ބަލޮޗް އަދި ޙަބީބު ބަލޮޗް ހިމެނެއެވެ. އެ ބޭފުޅުންވަނީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ޕާކިސްތާން ޖަވާބުދާރީކުރުވުމަށް އ.ދ. އާއި ޔޫރަޕިއަން ޔޫނިއަން އަށް ގޮވާލައްވާފައެވެ.

މި ލިޔުމާ ގުޅޭ