ކަނޑޫ ދަނޑުވެރިންނާ ވަޒީރު ބައްދަލު ކުރައްވައިފި

މުހައްމަދު އަލީ
އޮކްޓޯބަރ 12, 2025

ދަނޑުވެރިކަމަށް މަޝްހޫރު ކޮޅުމަޑުލު ކަނޑޫދޫ ދަނޑުވެރިންނާ ވަޒީރު ޑރ. މަރްޔަމް މާރިޔާ ބައްދަލު ކުރައްވައިފިއެވެ. އެކަމަނާ އެރަށަށް ވަޑައިގެން ބޭއްވި މި ބައްދަލުވުމުގައި، އެރަށުގެ ދަނޑުވެރިންގެ ކަންބޮޑުވުންތައް ވަނީ އަޑުއައްސަވާފައެވެ.

ކަނޑޫދޫ އަކީ މިރުހުގެ ވިޔަފާރީގައި ޚާއްސަ ރަށެކެވެ. އެހެން ކަމުން ކަނޑޫދޫ މިރުސް ހެއްދުމުގައި ރަނގަޅު ގޮތްތައް ދަސްކުރުމަށް ބޭނުންވާތަމްރީންތައް، އެރަށުގެ ދަނޑުވެރިންނަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ ހިޔާލު ބަދަލުކޮށްފައެވެ. އަދި އެރަށުގެ ދަނޑުވެރިންނަށް އެކަށީގެންވާ ހެޔޮ އަގު ލިބޭނެ ރަނގަޅު މާކެޓެއް ހޯދުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

 

މި ލިޔުމާ ގުޅޭ