ޗައިނާއާ ހެދި ޔޫރަޕްގެ ކާރު އުފައްދާ ކުންފުނިތަކުގެ މަސައްކަތް ހުއްޓުމަކަށް

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 23, 2025

ޗައިނާގެ ވިންގްޓެކް ޓެކްނޮލޮޖީއިން ނެދަލޭންޑްސްގެ ވެރިރަށް ދަ ހޭގްގައި ހިންގާ ނެކްސްޕީރިއާ ކުންފުނި ނެދަރލެންޑްގެ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިއީ ޔޫރަޕްގެ ސެމިކޮންޑަކްޓަރ ސަޕްލައި އަދި އިޤްތިޞާދީ ސަލާމަތް ރައްކާތެރިކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެގައުމުން ބުނެއެވެ.

މިކަމާ ގުޅިގެން ޗައިނާގެ ސެމިކޮންޑަކްޓަރ އިންޑަސްޓްރީ އެސޯސިއޭޝަނުން މިއީ ވަކި ފަރާތަކަށް އަމާޒުކޮށް އަޅާފައިވާ ތަފާތުކުރުމުގެ ފިޔަވަޅެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައިވެއެވެ.

އަދި އެކަމަށް ބަދަލު ހިފުމުގެ ގޮތުން ޗައިނާއިން ވަނީ ޔޫރަޕަށް ސެމީކޮންޑަކްޓާ އުފެއްދުމަށް ބޭނުންވާ ރޯމެޓީރިއަލް ސަޕްލައި ކޮށްދިނުން މަނާކޮށްފައެވެ. އަދި ޗައިނާގައި ހުންނަ ކެންސްޕީރިއާ ކުންފުނިން އެއްވެސް އެއްޗެއް އެކްސްޕޯޓް ކޮށްގެން ނުވާނެ ކަންވެސް އަންގާފައެވެ.

ވިންގްޓެކް އިން ވަނީ އެ ކުންފުނީގެ ޙައްޤުތައް ހިމާޔަތްކުރުމަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. މި ހާދިސާއާ ގުޅިގެން ވިންގްޓެކްގެ ޝަންހާއީ ސްޓޮކް މާކެޓްގެ ހިއްސާ ވަނީ 10% އަށް ދަށްވެފައެވެ.

ނެދަރލެންޑްގެ އިޤްތިޞާދީ ކަންކަމާބެހޭ މިނިސްޓްރީން މިކަން އިޢުލާނުކުރުމުގައި ބުނެފައިވަނީ، ކުންފުނީގެ ހިންގުމުގައި ހުރި ސީރިއަސް މައްސަލަތަކާއި، ޔޫރަޕްގެ ސަލާމަތަށް ދިމާވެދާނެ ގޮންޖެހުމަކާ ކުރިމަތި ލުމަށާއި ޔޫރަޕްގެ ކްރިޓިކަލް ޓެކްނޮލޮޖީ ޤާބިލުކަން ދެމެހެއްޓުމަށް މި ފިޔަވަޅު އަޅާފައިވަނީ ހަނގުރާމައިގެ ހާލަތުގައި އަދި ޤައުމީ ނުރައްކަލުގެ ހާލަތުގައި ކުންފުނިތައް ސަރުކާރަށް ނެގުމަށް ބާރުދޭ ”ގުޑްސް އެވެއިލަބިލިޓީ އެކްޓް“ ގެ ދަށުންނެވެ. މި ފިޔަވަޅާ ގުޅިގެން ޔޫރަޕްގެ ކާރު އުފައްދާކުންފުނިތަކަށް ދަތިތަކެއް ދިމާވެ އުފެއްދުންތައް ލަސްވެފައި ވެއެވެ.

މި ލިޔުމާ ގުޅޭ