ޓްރިވެންޑްރަމް އިން މާލެއަށް 22 އަދި ހަނިމާދޫއަށް 4 ދަތުރު

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 26, 2025

ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނިން ފިނި މޫސުމްގެ ތާވަލް އިއުލާންކޮށްފިއެވެ. މީގައި 2025 ވަނަ އަހަރުގެ ހޫނު މުސުމްގެ ތާވަލްއާ އަޅާބަލާއިރު ހަފްތާއަކު އޮޕަރޭޓް ކުރާ ފްލައިޓްތައް 22 ޕަސެންޓް އިތުރު ކަމަށް ދައްކައެވެ.

ފިނި މޫސުމްގެ ތާވަލްގައި ހަފްތާއަކު 732 އެއާ ޓްރެފިކް މޫވްމަންޓްސް ހިމެނެއެވެ. ހޫނު މޫސުމްގައި އުޅުނީ ހަފްތާއަކަށް 600 އެއާ ޓްރެފިކް މޫވްމަންޓްސް (އޭޓީއެމް) އެވެ.

ޓްރިވެންޑްރަމް އެއާޕޯޓުން ބުނީ އެއާޕޯޓުން ހަފްތާއަކު ޖުމްލަ 732 އޭޓީއެމް ހެންޑްލް ކުރާނެ ކަމަށެވެ.

އާ މަންޒިލްތަކުގެ ތެރޭގައި މުމްބާއީގެ އައު އެއާޕޯޓް ކަމަށްވާ ނަވީ މުމްބާއީ، މަންގަލޫރު، އަދި ޓްރިޗީ ހިމެނެ އެވެ. އަދި އެތެރޭގެ އުދުހުންތައް އިތުރުކޮށް ކައްނޫރު، ކޮޗީ، ބެންގަލޫރު، ދިއްލީ، އަދި މުމްބާއީ ފަދަ މުހިންމު ސިޓީތަކަށް އިތުރު ދަތުރުތައް އޮންނާނެއެވެ.

ބައިނަލްއަގްވާމީ ގުޅުންތަކުގެ ތެރޭގައި ދައްމާމް، ރިޔާޟު، ކުވައިތު، ކުއަލަލަމްޕޫރު، އަދި ވެލާނާ އެއާޕޯޓް ހިމެނޭނެ އެވެ.

ބައިނަލްއަގްވާމީ ފްލައިޓްތަކުގެ އޮޕަރޭޝަންތައް ވަނީ 9 ޕަސެންޓް އިތުރުވެފައި ކަމަށް ބުނެއެވެ. އަދި ހަފްތާއަކު 300 އޭޓީއެމް އިން 326 އަށް އިތުރުވާނެ އެވެ. އެއީ އަބޫދާބީ 66 އަދި ޝާރްޖާ 56 ދައްމާމް 28 އަދި ކުވެއިތު 24 މާލެ، 24 ދުބާއި 22 މަސްޤަތު 22 އަދި ކލުއާލަލަމްޕޫރު 22 އަދި ދޯހާ 20 ސިންގަޕޫރު 14 އަދި ބަހުރައިން 10 ކޮލޮމްބޯ 8 އަދި ރިޔާމް 6 ހަނިމާދޫ 4 ދަތުރެވެ.

މި ލިޔުމާ ގުޅޭ