ތިންވަނަ ގްރޭޑް ކުދިންނަށް ރޮބޮޓިކްސް ކިޔަވައިދޭ ސްކޫލު

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 27, 2025

އިންޑިއާގެ ޕޫނޭގައި ހުންނަ ޒެޑް ޕީ ޖާލިންދަރްނަގަރު ސްކޫލަކީ އާދައިގެ ސްކޫލެއް ނޫނެވެ. މި ސްކޫލުން ދަނީ ތަޢުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސް، ދުނިޔޭގެ ސަމާލުކަން ހޯދަމުންނެވެ. ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ މި ސްކޫލުން ވަނީ، އާންމުކޮށް ކިޔަވައިދޭ އުސޫލުތައް ދޫކޮށްލާ، ހުނަރުވެރި މަސައްކަތްކުރުމަށާއި އީޖާދީ ހުނަރުތަކަށް އިސްކަންދޭ އުގަންނައި ދިނުމަށް ބަދަލުކޮށްފައެވެ. މި ސްކޫލަށް ޒިޔާރަތްކުރާ މީހުން ދަނީ މިއީ ދުނިޔޭގެ އެއްވަނަ ސްކޫލު ކަމަށް ބުނަމުންނެވެ.

މި ސްކޫލުގެ އެންމެ ޚާއްސަ އެއް ކަމަކީ، ތިން ވަނަ ގްރޭޑްގެ ކުދިންނަށް (އުމުރުން 8 އަހަރުގެ ކުދިންނަށް) ރޮބޮޓިކްސް އަދި އޭއައި (މަބު) ކިޔަވައިދިނުމެވެ. މި ކުދިންނަށް ރޮބޯޑީކޭ ސޮފްޓްވެއާ ބޭނުންކޮށްގެން ތަމްރީނު ދެވޭއިރު، އަޑުން ކޮންޓްރޯލްކުރެވޭ ރޮބޮޓްތައް އުފެއްދުމާއި އޭއައިގެ ރޮނގުން މަސައްކަތްތައް ދަސްކޮށްދެވެއެވެ. މީގެ އިތުރުން، 3ޑީ ޕްރިންޓިންގ ލެބްތައް ޤާއިމުކޮށް، ކުދިންނަށް އަމިއްލަ އީޖާދުތައް އުފެއްދުމަށާއި ޑިޒައިންކޮށް ޕްރިންޓްކުރުމަށް ފުރުސަތު ލިބިގެންދެއެވެ.

ޒެޑް ޕީ ޖާލިންދަރްނަގަރު ސްކޫލުގެ ތަޢުލީމީ މަންހަޖަކީ ވަރަށް ގިނަ ދާއިރާތައް ހިމެނޭ މަންހަޖެކެވެ. އޭގެ ތެރޭގައި ކޯޑިންގ، އާޓް އެންޑް ކްރާފްޓް، ޖުވެލަރީއާއި ގަހަނާ ހެދުން، އަދި ”ބްރެއިން ޖިމް“ ގެ ކަސްރަތުތައް ވެސް ކުދިންނަށް ދަސްކޮށްދެއެވެ.

އާދަވެގެން ހިންދީ ބަހުން ކިޔަވައިދޭ ސްކޫލުތަކުގައި ވަރަށް މަދުން ފެންނަ ކަމެއް ކަމަށްވާ، މެންދުރު ކެއުމަށްފަހު ދަރިވަރުން ނިދާލުމުގެ ވަގުތުވެސް މި ސްކޫލުގެ ތާވަލުގައި ހިމަނާފައިވެއެވެ. މީގެ މަޤްސަދަކީ ކުދިންގެ ސިކުނޑީގެ ދުޅަހެޔޮކަމަށް އެހީތެރިވުމެވެ. އަދި ދަރިވަރުން ދެއަތުން ލިޔުމަށް ބާރުއަޅައި، އެއް ބަހަށް ވުރެން ގިނަ ބަސްބަސް ދަސްކުރުމަށް ވެސް ހިތްވަރުދެއެވެ.

Kids doing blender 😲
byu/NoStranger6977 inIndiaTech

މި ލިޔުމާ ގުޅޭ