އިންޑިއާގެ ބޯޕާލްގައި ބޭއްވި ކައިވެނި ހަފްލާއެއްގައި ދުލްހަން ކައިވެނީގެ ހަފްލާއަށް ވައްޓާލީ ސާޅިގައި ސައިކަލެއްގައެވެ. މި އާދަޔާ ޚިލާފު އަދި ހިތްވަރުގަދަ ކަން ދެއްކި މަންޒަރުން ހާޒިރީން ސިއްސުވާލި އެވެ. އަދި އަންހެން މީހާގެ ފޮޓޯތައް ވަނީ މީސްމީޑިއާގައި ވައިރަލްވެފައެވެ.
މި ދުލްހަން، އޭނާގެ ކައިވެނީގެ މަންޑަޕަށް އައީ، ރަސްމީ ރަތް ހެދުން ކަމަށްވާ ލެހެންގާގައި ސުޒޫކީ ހަޔަބޫސާ ސުޕަރބައިކެއް ދުއްވާފައެވެ.
އިންސްޓަގްރާމްގައި މީހުން ވަނީ ސައިކަލުގެ ނަމުން ނަންދީ، މިއީ ހަޔަބޫސާ ވާލީ ދުލްހަން ކަމަށް ބުނެ ހަދާފައެވެ.
އަންހެންމީހާ ކައިވެނިކޮށްދޭ ތަންކަމަށްވާ މަންޑަޕަށް ވަދެގެން އައި ވަގުތު، މެހެމާނުން އުފަލުން ހަޅޭއްލަވައި، ފޯނުތަކުން މި މަންޒަރުތައް ރެކޯޑުކުރަމުން ދިޔައެވެ.
މިހާތަނަށް 1.8 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ.






