އެމެރިކާއަށް ރަސްމީ ޒިޔާރަތެއްގައި ވަޑައި ގަންނަވާ ސޫރިޔާގެ ފުރަތަމަ ރައީސް

އިބްރާހީމްް ސަމީރު
ނޮވެމްބަރ 2, 2025

އެމެރިކާއަށް ރަސްމީ ޒިޔާރަތެއްގައި ވަޑައި ގަންނަވާ ސޫރިޔާގެ ފުރަތަމަ ރައީސަކީ ވަގުތީ ރައީސް އަޙުމަދު އައްޝަރުޢު ޖައުލާނީ އެވެ. މި މަހުގެ 10ގައި އޭނާ ވޮޝިންޓަނަށް ވަޑައިގަންނާނެ ކަމަށް ބެލެވެއެވެ.

ޖައުލާނީ ގެ ސަރުކާރުން ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤްގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ކުންފުންޏަށް ޓްރަމްޕް ޓަވަރު އެޅުމަށް ބިމެއް ދޭން ނިންމާފައެވެ.

ޓްރަމްޕްގެ އައުލާދުން ބަލަހައްޓަމުންދާ ޓްރަމްޕްގެ ވިޔަފާރި، ޓްރަމްޕް އެސޯސިއޭޓްސް އިން އެކި ގައުމުތަކުގައި ބިން ގަނެ އިމާރާތްތައް ކުރަމުން ދެއެވެ.

އިންޑިއާގެ ނޮއިޑާގައި ހަދާފައިޥާ ޓްރަމްޕް ޓަވަރުގެ ހުރިހައި ބައިތަކެއް މިދިޔަ މަހާ ހަމައަށް ވަނީ ވިކި ނިމިފައެވެ.

މި ލިޔުމާ ގުޅޭ