އެމެރިކާގެ 40 މިލިއަން މީހުން ބަނޑަށް ޖެހިފަ

އިބްރާހީމްް ސަމީރު
ނޮވެމްބަރ 2, 2025

އެމެރިކާ ސަރުކާރު ބަންދުކޮށް ތަޅުއެޅުވިތާ މަހެއް ވެފައިވާއިރު، ސަރުކާރުން ދޭ ކާނާއާއި ސިއްހީ ޕްރޮގްރާމްތަކަށް ބަރޯސާވެފައިވާ މިލިއަނަކަށްވުރެ ގިނަ އެމެރިކާ ފަގީރުން ބަނޑަށް ޖެހެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުން ޖެނޮސައިޑް ހިންގުމަށް ބިލިއަނުން ޑޮލަރު ދޭ، އެމެރިކާގައި 40 މިލިއަނަށް ވުރެ ގިނަ މީހުންނަކީ ފަގިރުކަމުން ސަރުކާރުން ކާނާ ގަތުމަށްޓަކައި ދޭ ފުޑް ސްޓޭމްޕް ގެ އެހީ ހޯދައިގެން އުޅޭ މީހުންނެވެ. މިމީހުންނަށް މި ފައިސާ ލިބެން ދަތިވެފައި ވުމުން އެމީހުން ބަނޑަށް ޖެހުމުގެ ބިރާ ކުރިމަތިލާން ޖެހިފައި ވެއެވެ.

މިކަމުގެ ސަބަބުން އެމެރިކާގެ އެކި ދިމާލުން ދިހަވަރަކަށް ސްޓޭޓްގެ ގަވަރުނަރުންނާއި އެހެނިހެން މަސްއޫލުވެރިން ވަނީ އެ ސްޓޭޓްތަކުން ފަގީރުންނަށް ކުއްލި ފައިސާގެ އެހީ ހަމަޖައްސާނެކަން އިއުލާންކޮށްފައެވެ. މިއީ ސަރުކާރު ބަންދުވުމުގެ ސީދާ އަސަރުތަކުން ރައްޔިތުން ސަލާމަތްކުރުމަށް އަޅާ ފިޔަވަޅެކެވެ.

 

މި ލިޔުމާ ގުޅޭ