ބުކިންސް ޑޮޓް ކޮމް އިން މީހުންނަށް މަކަރު ހެދުމުން ދައުވާ ކުރަނީ

އިބްރާހީމްް ސަމީރު
ނޮވެމްބަރ 2, 2025

އޮންލައިންކޮށް ތަންތަން ބުކު ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ޑަޗް ކުންފުނި ކަމަށްވާ ބުކިންގސް ޑޮޓް ކޮމް އަށް ދަތި ދުވަސްވަރެއް ކުރިމަތިވެއްޖެއެވެ. މި ކުންފުނިން މަކަރު ހެދުމުން ޔޫރަޕުގެ ކޯޓުތަކާއި، އަދި ސްޕެއިން، ޖަރުމަން އަދި ހަންގޭރީގައި ދައުވާ ކޮށްފައި ވެއެވެ. މިހާރު، ބުކިންގސް ޑޮޓް ކޮމް އަށް ކުރިމަތިވެފައިވަނީ ޑަޗް ކޮންސިއުމަރ އެސޯސިއޭޝަން ކަމަށްވާ ކޮންސުމެންޓެންބޮންޑް (ސީސީސީ) އިން ހުށަހަޅާފައިވާ ބޮޑު ގާނޫނީ މައްސަލައަކާ އެވެ.

މި މައްސަލަ ހުށަހެޅުމާ އެކު، ސީސީސީގެ ސްވިޗްބޯޑަށް ގިނަ އަދަދެއްގެ ކޯލްތައް އަންނަން ފަށާފައި ވެއެވެ. އަދި ބުކިންގ ވެބްސައިޓަށް ވަނުމަށް ވެސް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެ އެސޯސިއޭޝަނުން ބުނެފައިވަނީ 2013 ވަނަ އަހަރުން ފެށިގެން މި ޕްލެޓްފޯމް މެދުވެރިކޮށް ކޮޓަރި ނުވަތަ އެހެނިހެން ތަންތަން ބުކްކޮށްފައިވާ ޑަޗް ނޫން ކޮންމެ މީހަކަށް އެ އެސޯސިއޭޝަނުން ގާނޫނީ ހައިސިއްޔަތުން ތަމްސީލުކޮށްދޭން ތައްޔާރަށް އޮތް ކަމަށެވެ. އެ އެސޯސިއޭޝަނުން ބުނާ ގޮތުގައި މި ފަރާތްތަކަށް ބުކިންގ އިން ވަނީ އިންތިހާއަށް ބޮޑެތި އަގުތަކެއް ދައްކަން ޖެހޭ ގޮތަށް މަކަރު ހަދާފައެވެ.

މި ދައުވާގެ އިންތިޒާމުކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 1 ބިލިއަން ޔޫރޯ އަށް އަރާނެއެވެ.

މި ލިޔުމާ ގުޅޭ