މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

މުހައްމަދު އަލީ
ނޮވެމްބަރ 2, 2025

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މާލޭސިޓީ ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

ސިޓީކައުންސިލުން ވިދާޅުވެފައިވަނީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ވަނީ ދެ ގޮތްޕަކަށް ބަހައިލެވިފައި ކަމަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ.  ކޮންމެ ގޮތްޕެއްގައި ވެސް  6 ޢުމުރުފުރާ ހިމެނޭނެއެވެ. އެއީ  6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. ޢުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2025 އަށް ދަރިވަރަށް ފުރޭ އަހަރަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި މުބާރާތުގެ 6 އަހަރުން ދަށުގެ ޢުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ. ”އެ ނޫން  ކޮންމެ ޢުމުރުފުރާއަކުންނާއި ކޮންމެ ގްރޫޕަކުންނާއި ކޮންމެ ގޮއްޕަކުން، އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. މި ދަރިވަރުންގެ ތެރެއިން، ކޮންމެ ޢުމުރުފުރާއަކުން، 1 ވަނަ، 2 ވަނަ،  3 ވަނަ، ހޮވާނެއެވެ. އަދި ކޮންމެ ގްރޫޕަކުން 1 ވަނަ، 2 ވަނަ، 3 ވަނަ އާއި، ކޮންމެ ގޮތްޕަކުން 1 ވަނަ، 2 ވަނަ، 3 ވަނަ، ހޮވާނެއެވެ. ޤުރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ އެއް ގޮފީގައެވެ.

މި މުބާރާތުގެ ވަނަ ޙާޞިލްކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

މުބާރާތުގެ ކޮންމެ ޢުމުރުފުރައެއްގެ ކޮންމެ ގޮއްޕަކުން:

1 ވަނަ   -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް

2 ވަނަ – /5000ރ، ކްލާކާއި ސެޓްފިކެޓް

3 ވަނަ  -/3000ރ، ކްލާކާއި  ސެޓްފިކެޓް

މުބާރާތުގެ ސީނިޔަރ ގްރޫޕާއި ޖޫނިޔާރ ގްރޫޕުން، ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުން:

1 ވަނަ   -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް

2 ވަނަ – /5000ރ، ކްލާކާއި ސެޓްފިކެޓް

3 ވަނަ  -/3000ރ، ކްލާކާއި  ސެޓްފިކެޓް

މުބާރާތުގެ ބަލައިގެން ކިޔެވުމުންނާއި ނުބަލައި ކިޔެވުމުން، މުޅި މުބާރާތުން:

1 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ  -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް

* ޤުރުއާން މުބާރާތުގެ ކޮންމެ ޢުމުރުފުރާއަކުން ކޮންމެ ގޮތްޕަކުން އަދި މުޅި މުބާރާތުން 4 ވަނަ އަދި 5 ވަނަ އަށް ސެޓްފިކެޓް ލިބޭނެއެވެ.

މަދަޙަ މުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާތަކަކީ ވެސް 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުންދަށެވެ. ޢުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2025 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.

މި މުބާރާތުގެ 6 އަހަރުން ދަށުގެ ޢުމުރުފުރާގެ ދަރިވަރުންގެ މަދަޙަ ކިޔުން އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވެއެވެ.  އެ ނޫން  ކޮންމެ ޢުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވާނެއެވެ. މި ދަރިވަރުންގެ ތެރެއިން، ކޮންމެ ޢުމުރުފުރާއަކުން،  1 ވަނަ، 2 ވަނަ ، 3 ވަނައާއި، ކޮންމެ ގްރޫޕަކުން 1 ވަނަ، 2 ވަނަ ، 3 ވަނައާއި، މުޅި މުބާރާތުން 1 ވަނަ، 2 ވަނަ، 3 ވަނަ، ހޮވާނެއެވެ.

މި މުބާރާތުގެ ވަނަ ޙާޞިލްކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

މުބާރާތުގެ ކޮންމެ ޢުމުރުފުރާއަކުން:

1  ވަނަ   -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް

2 ވަނަ – /5000ރ، ކްލާކާއި ސެޓްފިކެޓް

3 ވަނަ  -/3000ރ، ކްލާކާއި  ސެޓްފިކެޓް

މުބާރާތުގެ ސީނިޔަރ ގްރޫޕާއި ޖޫނިޔާރ ގްރޫޕުން:

1 ވަނަ   -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް

2 ވަނަ – /5000ރ، ކްލާކާއި ސެޓްފިކެޓް

3 ވަނަ  -/3000ރ، ކްލާކާއި  ސެޓްފިކެޓް

މުބާރާތުގެ ދެ ގްރޫޕު އެއްކޮށް، މުޅި މުބާރާތުން:

1 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ  -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް

* މަދަޙަ މުބާރާތުގެ ކޮންމެ ޢުމުރުފުރާއަކުންނާއި ކޮންމެ ގްރޫޕަކުން އަދި މުޅި މުބާރާތުން 4 ވަނަ އަދި 5 ވަނަ އަށް ސެޓްފިކެޓް

މި ދެ މުބާރާތުގެ ޖޫނިޔަރ ގްރޫޕް ކަމުގައި ބަލާނީ، 9 އަހަރުންދަށާއި، 11 އަހަރުންދަށުގެ ޢުމުރުފުރާއެވެ. ސީނިޔަރ ގްރޫޕް ކަމުގައި ބަލާނީ، 13 އަހަރުންދަށާއި، 16 އަހަރުންދަށާއި، 19 އަހަރުން ދަށެވެ.

މި ދެ  މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، 02 ނޮވެމްބަރ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން، 8 ނޮވެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ  14.00 ގެ ނިޔަލަށެވެ.

މި ލިޔުމާ ގުޅޭ