ދެމެހެއްޓެނިވި ޓައުންޝިޕްތަކެއް ތަރައްގީ ކުރެވޭގޮތަށް، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަޖިލިސް އަށް ހުށަހެޅުއްވި މި ބިލުގައި ވަނީ، ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ގާނޫނަށް ބާބެއް އިތުރު ކުރަން ހުށަހަޅައިފައެވެ.
ރާއްޖޭގެ ސިނާއީ، އިގްތިސާދީ، އިޖުތިމާއީ، މާލީ އަދި އުމްރާނީ ތަރައްގީއަށް މަގުފަހިކުރުމާއި، ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތައް އިތުރުކޮށް، ބޭރު ފައިސާ ލިބޭ މިންވަރު މަތިކުރުމުގެ އިތުރުން އިލްމާއި ހުނަރާއި ޓެކްނޮލޮޖީ ރާއްޖެއަށް ނަގުލުކުރުން، މި ބިލްގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.
މި ބިލުގައި، ގާނޫނުގެ ނުވަ ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ ފަހަތަށް އާ މާއްދާއެއް އިތުރުކުރުމާއި، 20 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމާއި، 22 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމާއި، 70 ވަނަ މާއްދާގެ ފަހަތަށް ބާބެއް އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގެ އެއް ވަނަ ނަންބަރާއި 12 ވަނަ ނަންބަރު އިސްލާހުކުރުން ހިމެނެއެވެ.
ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީ ކުރުމުގެ ހާއްސަ ޝަރުތުތައް:
ޒޯންގައި ކުރާ އިންވެސްޓްމެންޓް 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމެންޓަކަށްވުންލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީ ކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމްކުރުންލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީ ކުރެވޭ ލާޖް ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ޒޯނުގައި ގާއިމްކުރުންބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނު ދޭ މަރުކަޒެއް ޒޯނުގައި ގާއިމު ކުރުންބައިނަލްއަގުވަމީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ގާއިމުކުރުންޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖުކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކަކީ ސެލްފް ސަފިޝަންޓް އިންފްރާސްޓްރަކްޗާ ވަސީލަތްތަކަކަށް ވުމާއެކު ޒޯނު ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ވުންދިވެހިރާއްޖެއަށް އިމްޕޯޓު ކުރާ ކާބޯތަކެތި މަދުކޮށް، ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރު ކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއާކަލްޗާގެ ވަސީލަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ގާއިމުކުރުންދިރިއުޅޭނެ ތަންތަނާއި ތައުލީމީ މަރުކަޒުތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ދޭ ތަންތަން ހިމެނޭގޮތުން ހިމެނޭގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ވަސީލަތްތައް ޒޯނުގައި ގާއިމުކުރުންޒޯނުގައި ހިމެނޭ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅިގެން އެ ވިލާއެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ހައްގުތައް ވިއްކައިގެން ލިބޭ އާމްދަނީ ނެގޭ ޕްރޮޕަޓީ ޓްރާންސްފާ ޓެކްސް ނެގޭނެ ހާއްސަ ރޭޓްތަކެއްވެސް ބިލްގައިވަނީ ކަނޑައަޅައިއިފައެވެ.
ޓައުންޝިޕްތައް ތަރައްގީކުރާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއްގެ ގޮތިގައި ޓެކްސްގެ ބޮޑެތި ލުއިތަކެއް ދިނުމަށްވެސް ބިލްގައި ވަނީ ހިމަނައިފައެވެ.
އޭގެ ތެރޭގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ޓެކްސްތައް ދައްކަން ނުޖެހުމާއި، ޒޯން ތަރައްގީކުރަން އެތެރެކުރާ މުދަލުން އިންޕޯޓް ޑިއުޓީ އިސްތިސްނާ ކުރުން ހިމެނެއެވެ.
މީގެ އިތުރުން ޒޯނުގައި ހިންގާ ވިޔަފާރި ހަރަކާތްތަކުގެ ވިޔަފާރީގެ އާމްދަނީން، ނަގާ ޓެކްސް ފުރަތަކަ 10 އަހަރަށް ފަސްޕަސެންޓް، 11 ވަނަ އަހަރުންފެށިގެން 20 ވަނަ އަހަރުގެ ނިޔަލަށް 10 ޕަސެންޓް އަދި 21 ވަނަ އަހަރުން ފެށިގެން ގާނޫނުގައި ކަނޑައަޅާފައިވާރޭޓުން ޓެކްްސް ނެގުމަށް ވަނީ ހިމަނައިފައެވެ.
މި ބިލް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ނުވަ މެންބަރުން ވޯޓު ދެއްވީ ބިލު ފާސްކުރަން ނުފެންނަކަމަށެވެ.






