އޫރެއްގެ ކިޑްނީ ގައިގެން އިންސާނެއްގެ ހަށިގަނޑުގައި އެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަކީ ހަގީގަތުގައި ވެސް ފުރާނަ ސަލާމަތް ކުރެވޭނެ ކަމެއްތޯ ބެލުމަށް ފުރަތަމަ ކްލިނިކަލް އަޖުމަބެލުން މިއަދު ފަށައިފިއެވެ. މިއީ ޖަނަވާރުންގެ ގުނަވަން އިންސާނުންނަށް ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދިނުމުގެ އެންމެ ފަހުގެ ފިޔަވަޅެވެ.
ވިރާސީގޮތުން ބަދަލު ގެނަސްގެން އޫރުގެ ކިޑްނީތައް އިންސާނުންގެ ބޭނުމަށް އުފައްދާ ކުންފުންޏެއް ކަމަށްވާ އެމެރިކާގެ ޔުނައިޓެޑް ތެރަޕިއުޓިކްސް އިން އިއުލާން ކުރި ގޮތުގައި އަޖުމަ ބެލުމުގެ ގޮތުން ކުރިއަށް ގެންދާ ފުރަތަމަ ކިޑްނީ ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ނިއުޔޯކް ސިޓީގެ ޔުނިވާސިޓީގެ ލަންގޯން ހެލްތުގައި ކުރިއަށް ގެންގޮސްފައި ވެއެވެ.
އެމެރިކާގެ އެހެން ކުންފުންޏެއް ކަމަށްވާ އީޖެނެސިސް އިން އަންނަނީ ކުރިއަށް އޮތް މަސްތަކުގައި އޫރުގެ ކިޑްނީ ބޭނުންކޮށްގެން އަޖުމަ ބެލުމަށް ކިޑްނީ އިންދުމަށް ތައްޔާރުވަމުންނެވެ.
އޫރުގެ ކިޑްނީ އިންދާ ޓްރާންސްޕްލާންޓް ޓީމު ލީޑްކުރަނީ ނިއުޔޯކް ޔުނިވަސިޓީގެ ޑރ.ރޮބަޓް މޮންޓްގޮމޭރީ އެވެ.
ފުރަތަމަ ހަ މީހެއްގެ ގައިގައި މި ކިޑްނީތައް އިންދުން ހިމެނެއެވެ. ހުރިހާ ކަމެއް ރަނގަޅަށް ކުރިއަށްދާނަމަ، އިތުރު ޓްރާންސްޕްލާންޓް ސެންޓަރުތަކުން ބައިވެރިވެފައިވާ 50 މީހުންނަށް މިކަން އިތުރަށް ފުޅާ ކުރެވޭނެއެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ މިކަން އަޖުމަ ބެލުމަށް ވަގުތީ ހުއްދައެއއް ދީފައެވެ.
މިހާތަނަށް ޑައެލިސިސްއަށް ނު ގޮސް އޫރެއްގެ ކިޑްނީ ލެއްވި މީހާ 271 ދުވަންދެން ދެމި ހުރެފައި ވެއެވެ.






