ފިރުއަނު ޒަމާނުގެ ބަސް މިސްރުގައި ކިޔަވައިދޭން އުޅެނީ ބާ؟

އިބްރާހީމްް ސަމީރު
ނޮވެމްބަރ 5, 2025

މިސްރުގެ 5200 އަހަރު ވެފައިވާ ފިރުއަނުގެ ހަޟާރާގެ ހިރޮގްލަފީ ބަސް ކިޔަވައިދޭން އުޅޭ ކަމަށް ބައެއް ފަރާތްތަކން ބުނެފިއެވެ. މިސްރުގެ ކުރީގެ އާސާރާ ބެހޭ މިނިސްޓަރު ޒާހީ ހައްވާސް ވަނީ މި ބަސް ކިޔަވައި ދޭން ޖެހޭނެ ކަމަށް ބުނެފައެވެ.

އަދި ސާނަވީގެ އެންމެ މަތީ 3 ކިލާހުގައި ހިރޮގްލަފީ ބަސް ކިޔަވައި ދޭން އުޅޭ ކަމަށް ބުނެ ބައެއް ޚަބަރުތައްވެސް ފަތުރާފައި ވެއެވެ.

މިސްރުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެފަދަ ވިސްނުމެއް ނެތް ކަމަށް ބުނެފައެވެ.

ފިރުއައުނު ޒަމާނުގެ ބަހުން ވާހަކަދައްކާ އަދި އެބަސް ބޭނުން ކުޜާ ބަޔަކުވެސް ނޫޅެއެވެ. އަދި މިސްރުގައި ލިޔަންކިޔަން ނުދަންނަ މީހުން ގިނައިރު އެކަމަށް ސަރުކާރުން ފޯކަސް ކުރުން ރަނގަޅުވާނެ ކަމަށވެސް ގިނަ ބަޔަކު ވަނީ ބނފައެވެ.

މި ލިޔުމާ ގުޅޭ