ތުރުކީގެ ދެކުނުގެ ޝަންލީއުރްފާ ސިޓީގައި ނުތަނަވަސްކަން އުފެދިފައިވަނީ އެއް އާއިލާއެއްގެ މީހުން ކޮންމެ ތަނަކަށް ބަދަލުވިއަސް އެމީހުން ތިބޭ ތަނުން އަލިފާން ރޯވާތީއެވެ. އަދި މިކަން މެދުވެރިވަނީ ކީއްވެގެން ކަން އެއްވެސް ގޮތަކަށް ހޯދިފައެއް ނުވެއެވެ.
ތުރުކީގެ މީޑިއާ ބުނާ ގޮތުގައި އެ އާއިލާ ކުރިން އުޅުނު ގޭގައި ވެސް ދުވާލަކު 3 ފަހަރަށް އަލިފާން ރޯވެފައި ވެއެވެ.
އަދި އެއަށްފަހު އަވަށްޓެރިންގެ ގެއަށް ބަދަލު ވުމުން އެތަންތާނގައިވެސް އަލިފާން ރޯވެފައި ވެއެވެ.
އަދި މިމީހުންނަށް ހިޔާވަހިކަން ދީފިނަމަ އަލުން އަލިފާން ރޯވެދާނެ ކަމުގެ ބިރަށް ރައްޔިތުން މިހާރު ދަނީ މިމީހުންނާ އެކަހެރި ވަމުންނެވެ.






