އިޒްރޭލު ސިފައިންގެ ޕްރޮސެކިއުޓަރުގެ ފޯނު ފެނޭތޯ މޫދުގައި އަތް ފުނާ އަޅަން ފަށައިފިއެވެ. އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރުމުގެ ކުރިން އޭނާގެ އިސްތިއުފާއަށް ފަހު ވީނުވީއެއް ނޭނގިގެން އުޅެނިކޮށް އޭނާ ފެނުނީ މޫދުގައި އުޅެނިކޮށެވެ.
މިމައްސަލައަކީ ޔަހޫދީ ޖެނޮސައިޑް ފޯސްއިން ވަގަށް ނަގާފައިވާ ފަލަސްތީނުގެ އަސީރަކު ރޭޕް ކޮށް ލިވާޠު ކުރާ ވީޑިއޯ ލީކުކުރުމާ ގުޅޭ މައްސަލައެކެވެ. ޕްރޮސެކިއުޓަރު މޭޖަރ ޖެނެރަލް ޔިފަތް ތޯމަރ-ޔެރުޝަލްމީ ބުނެފައި ވަނީ އެ ވީޑިއޯ ލީކުކޮށްފައި ވަނީ އޭނާ ބުނެގެން ކަމަށެވެ. މި ވީޑިއޯ އާންމު ވުމުން ދުނިޔެއަށް ޔަހޫދީ ޖެނޮސައިޑް ފޯސްއަކީ ނާޒީންނަށް ވުރެން ނުބައި ބައެއް ކަން އެނގިގެން ގޮސްފައި ވެއެވެ.
އޭނާ ހައްޔަރުކުރީ ވީޑިއޯ ލީކުކުރުމަށްފަހު މަގާމުން އިސްތިއުފާ ދީ، އެއަށްފަހު އޭނާ ގެއްލުނު ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ހަލަބޮލިކަމއ އުފެދުނެވެ.
ލީކުކުރި ވީޑިއޯގައި ފެންނަނީ އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ މީހަކު ރޭޕްކޮށް ލިވާޠު ކުރާ މަންޒަރެވެ. މި ވީޑިއޯ އާންމުވުމާއެކު، ބައިނަލްއަޤްވާމީ މައިދާނުގައި އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ. ޔަހޫދީ ސިޔާސީ ލީޑަރުން ބުނެފައި ވަނީ ރޭޕް ކުރުމުގައި ބައިވެރިވި ސިފައިންނަކީ ބަޠަލުން ކަމުގައެވެ.
ޔަހޫދީންގެ ޖެނޮސައިޑް ރާވައި ހިންގާ ނަތަންޔާހޫ ބުނެފައި ވަނީ މި ވީޑިއޯ ލީކުކުރުމަކީ އިޒްރޭލު އުފެދުނު ފަހުން ޔަހޫދީ ގައުމަށް ކުރިމަތިވި އެންމެ ހުތުރު ބަދުނާމު ވުމުގެ ހާދިސާ ކަމަށެވެ. މިއިން ޔަހޫދީންގެ ސިފައިންނަކީ އެއްވެސް އަޚުލާގެއް ނެތް ބަޔެއްކަން ސާބިތު ވެގެން ދެއެވެ.






