ހަރަމްފުޅުގައި މިސްރު އަންހެނަކު ދަމައި ކޫއްތާފައި ގެންދިއުމަށްފަހު އޭނާގެ ފިރިމީހާއާއެކު މާރާމާރީ ހިންގި މައްސަލާގެ ތަފްސީލު ހާމަވެއްޖެއެވެ. މި ދެމީހުންނާއެކު އެންމެ މުޤައްދަސް މަގާމުގައި މާރާމާރީ ހިންގާފައި ވަނީ ހަރަމްފުޅު ބަލަހައްޓާ ސައުދީ ސެކިއުރިޓީ މީހެކެވެ.
މިސްރުގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ މި މައުލުމާތު ލިބުމާއެކު ރިޔާޟްގައި ހުންނަ މިސްރު އެމްބަސީއަށް އެކަން ހިގާނފައިވާ ގޮތް ސާފު ކުރުމަށް ވަގުތުން އަންގާފައި ވާނެ ކަމަށވެ.
ސައުދީ ސެކިއުރިޓީ މީހާ ގެ ފަރާތުން އިހާނެތިކަމާ ކުރިމަތިލާން ޖެހުނު މިސްރު މީހާ ވަނީ މީޑިއާއާ ވާހަކަ ދައްކާފައެވެ. އޭނާ ބުނެފައި ވަނީ އެހާދިސާއަށް ފަހު އޭނާ ވާނީ ހަރަމްފުޅުގެ މަސްއޫލު ފަރާތަށް އެމައްސަލަ ހިނގައި ދިޔަ ގޮތް ކިޔައިދީ ޝަކުވާ ކޮށްފައި ކަމަށެވެ.
ފަހުން ސައޫދީ ނިއުސް އެޖެންސީން ވަނީ މީސްމީޑިއާގައި ދައުރުވާ ވީޑިއޯއެއްގައި ހަރަމްފުޅުގައި އޮންނަ އުސޫލާއި ގަވާއިދާ ޚިލާފް ވެފައިޥާ މީހަކު ފާހަގަ ކުރެވިގެން އެމީހާއާ މެދު ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށް ބުނެފައެވެ.
އެމީހާއަކީ ކާކު ކަމެއް ސާފެއް ނުވެއެވެ.
ހާމަވެފައިޥާ ވީޑިއޯގައި މިސްރު މީހާ ސައޫދީ މީހާއަށް ބުނަނީ ގަޔަށް އަތް ނުލައި ރީއްޗަށް މުއާމަލާތް ކުރުމަށާއި އަދި އޭނާވެސް މި ވާހަކަ ދައްކަނީ ރީއްޗަށް ކަމަށެވެ. އެހެންނަމަވެސް ސައުދީ މިހާ ވަނީ ގަދަބަވިކޮށް ލެފިގަނެ މުގައްދަސް މަގާމުގެ ޙުރުމަތް ކަނޑައި އަންހެނެއްގެ ގަޔަށްވެސް އަތްފޯރުވާފައެވެ.
މިމައްސަލަ އަދިވެސް ދަނީ ހުރިހައި ބާވަތެއްގެ މީސްމީޑިއާގައި ވައިރަލް ވަމުންނެވެ. މިކަމަށް ސަޕޯޓުކޮށް ޓުއިޓާގައި ވާހަކަ ދެއްކި މަސްއޫލުވެރިއަކީ ޔޫއޭއީގެ ފުލުހުންގެ މަސްއޫލުވެރިއެއް ކަމަށްވާ ޟާހީ ޚަލަފާން އެވެ!
މިސްރުގެ އަވްޤާފް ވަޒީރުގެ ކުރީގެ މުސްތަޝާރު ޝެއިޚު ސަލާމާ ޢަބްދުލްޤަވިއްޔު، މިކަމާ ގުޅިގެން ނެރުއްވި ފަތުވާއެއްގައި ވިދާޅުވީ ހައްޖާޖީންނާއި އުމުރާ ކުރާ މީހުންނަށް ޙަރަމްފުޅުގައި ގޯނާ ކުރުމަކީ ޙަރާމްވެގެންވާ ކަމެއް ކަމަށެވެ. އަދި އޭނާ ވަނީ ﴿وَمَن يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُذِقْهُ مِنْ عَذَابٍ أَلِيمٍ﴾ (الحج: 25) މިއާޔަތުން ޙުއްޖަތް ދައްކަވާފައެވެ.
فتوى في حكم اعتداء فرد الأمن على المُحرِمين داخل الحرم المكي
الاعتداء على الحجاج أو المعتمرين داخل الحرم المكي حرامٌ شرعًا، وإثمه مضاعف لعِظَم المكان والزمان وحرمة الإنسان.
قال الله تعالى:﴿وَمَن يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُذِقْهُ مِنْ عَذَابٍ أَلِيمٍ﴾ (الحج: 25)
ولا… pic.twitter.com/1xS0DKeWf1
— Salama Abdelkawy – سلامة عبد القوي (@AbdelkawySalama) November 3, 2025






