މިހާރު ހިއްކަމުންދާ ރަސްމާލެއިން ވަރަށް ފަނަރަހާސް ގޯތި ދޫކުރުމަށް އިއުލާން ކުރައްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އޭގެ އިތުރުން މާލެ ސަރަޙައްދުގައި 3000 ހައުސިންގް ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ފަށާނޭ ކަމަށެވެ. އޭގެ އިތުރުން އިންޑިއާގެ ލައިން އޮފް ކްރެޑިޓުން އިތުރު 4000 ހައުސިންގް ޔުނިޓް ހަމަޖެހިފައިވާކަމުގައި ވެސް އެމަނިކާފުނު ވިދާޅުވިއެވެ. މިކަންކަމުގެ ތަފްސީލުތައް ދާދި އަވަހަށް ހިއްސާކުރައްވާނޭ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމަށެވެ. މަސައްކަތް ކުރައްވަނީ، ބިންހިއްކުމުގެ މަޝްރޫޢު ނިމެންވާއިރަށް، ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅައި ނިންމެވުމަށްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑިސެމްބަރު މަހު ގެނެވޭ އިތުރު ޑްރެޖަރުތަކާއެކު، ރަސްމާލޭ ބިންހިއްކުމުގެ ދުވެލި، 3 ގުނަ ހަލުވިވެގެންދާނޭ ކަމަށާއި މާލޭ ސަރަހައްދުން ބިން ހިއްކުން ވެސް އަވަސް ވެގެންދާނޭ ކަމަށެވެ.






