ޓެސްލާ ކުންފުނީގެ ސައިބަރޓްރަކްގެ ޗީފް ސިދާންތު އަވަސްތީ، މަގާމުގައި 8 އަހަރު ހޭދަ ކުރެއްވުމަށްފަހު އިސްތިއުފާ ދެއްވައިފިއެވެ. އޭނާއަކީ ޓެސްލާގެ ސައިބަރޓްރަކް ޕްރޮގްރާމް ލީޑްކުރެއްވި އިންޑިއާއަށް އުފަން އިންޖިނިއަރެވެ.
އޭނާ ފުރަތަމަ މަސައްކަތް ފެއްޓެވީ، 2017 ވަނަ އަހަރު އިންޓަރންއެއްގެ ގޮތުގައެވެ. އެއަށްފަހު ސައިބަރޓްރަކްގެ ޑިޒައިން އާއި ޕްރޮޑަކްޝަން ބެލެހެއްޓުމާ ހަވާލުވެ ވަޑައިގަތެވެ.
ފަހުން މޮޑެލް 3 ޕްރޮގްރާމް ލީޑް ކުރެއްވިއެވެ. އޭނާ ވަކިވެވަޑައިގަތީ ސައިބަރޓްރަކް ރިކޯލް ކުރުން ގިނަވެފައިވާ އަދި ސޭލްސް ވަޅު ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
ޓެސްލާގެ ތިންވަނަ ކުއާޓަރުގެ ފައިދާ %37 އަށް ދަށްވެފައިވާ ކަމަށެވެ. އަވަސްތީ ވަނީ އެލޮން މާސްކް އާއި ޓެސްލާގެ ލީޑަޝިޕަށް ޝުކުރު އަދާ ކުރައްވައި، މަގާމުން ވަކިވާން ނިންމެވި ނިންމެވުމަކީ އޭނާގެ ހަޔާތުގައި ވެސް ”އެންމެ އުނދަގޫ އެއް ނިންމުމެއް“ ކަމަށް ވިދާޅުވެފަ އެވެ.






