ސަރުކާރު ތެރޭގައި ފުޅާދާއިރާއެއްގައި ފެތުރިފައިވާ ކޮރަޕްޝަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެނެވަޑައިގެން، އެކަން ގަބޫލުކުރެއްވުމަކީ ހިތްވަރު ލިބުނު ކަމެއް ކަމަށް އިނަރމޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވެފައިވަނީ އެއީ ”މާނަހުރި އިސްލާހަކަށް އެޅި މުހިންމު ފިޔަވަޅެކެވެ. އަޅުގަނޑުމެން އެކުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއްބައިވަންތަކަމާއެކު މިތިބީ އަތުކުރި އޮޅާލައިގެން ފަސްޖެހިމެއް ނެތި ތަކުރާކޮށް މިވާހަކަ ދާއްކާ އަލިމަގެއް ހޯދުމުގައެވެ.“
ފިރާގު ވިދާޅުވެފައިވަނީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިހާރު ދަނީ ތައްޔާރުވަމުން ކަމަށެވެ. އެހެން ކަމުން މިހާތަނަށް ޙާޞިލުކުރެވިފައިވާ ކަންކަމާމެދު ވިސްނާލުން މުހިއްމު ކަމަށްވެސް ވިދާޅުވެފައވެއެވެ. ”އަޅުގަނޑަށް ވިސްނޭ ގޮތުގައި ފުރިހަމަ މަންޒަރު ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ކަމުގައި ވިޔަސް، އަދިވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނީ، ޤައުމު ކުރިއަށް ގެންދިއުމަށްޓަކައި ކުރެވުނު އެތައް މަސައްކަތެއް ވާކަމެވެ.“ އެފްބީގެ ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވެއެވެ.
ފިރާގު ވިދާޅުވެފައިވަނީ ހަގީގީ ކުރިއެރުމަކަށް ބޭނުންވަނީ ހުރިހާ ފަރާތްތަކެއް ހިމެނިގެން ކަންކަން ކުރުން ކަމަށެވެ. ކުރިއަށް އޮތް ތިން އަހަރަކީ، މިއަށްވުރެ ބޮޑު ބަދަލެއް އަންނާނެ، އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަރުގަދަ ދުވަސް ތަކަކަށް ވާނެކަން ޔަގީން ކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.






