ހުޅުމާލޭ ފަޅުތެރޭގައި އޮތް ”ހޯކްސް ރޯދި“ ނަމަކަށް ކިޔާ ތެޔޮ އުފުލާ ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ. މިހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރުން ވަނީ އެތަނަށް ގޮސް އަލިފާން ނިއްވާލައިފައެވެ. އަލިފާން ނިއްވާލެވުނީ ބޭޭނުން ނުކުރެވޭވަރަށް ބޯޓު އެނދިފަހުންނެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 13:00 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ބުނެފައިވެއެވެ. މިހާދިސާގައި އެކެއްގެ އަތްތާއި ފައި ވަނީ ފިހިފައެވެ. އެއީ ބަނގްލަދޭޝްގެ ރައްޔިތެކެވެ. އޭނާއަށް މިހާރުވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.
މިއީ ދިގުމިނުގައި 40 ފޫޓު ހުރި ބޯޓެކެވެ.






