މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން މަސްވެރިކަމާ ބެހޭ ވުޒާރާއިން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަަހަރު ޑިސެންބަރު ބާރަ ވަނަ ދުވަހުއެވެ. މިބާރާތް ބާއްވާނީ ރ. ދުވާފަރުގައެވެ.
މި މުބާރާތަކީ މާޅޮސްމަޑުލު އުތުރުބުރީ (ރ. އަތޮޅު) ގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
”މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް (https://tinyurl.com/4xe7p9jv) ފުރިހަމަ ކުރެއްވުމަށް ފަހު 20 ނޮވެމްބަރު 2025 ގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3339225 / 3339272 އާ ގުޅުއްވުން އެދެމެވެ.“






