ބައިތު ލާހިޔާ އާއި ޚާން ޔޫނިސްއަދި ތުއްފާޙު އަވަށުގައި ޔަހޫދީން އެއްބަސްވުމާ ޚިލާފް ވަނީ

އިބްރާހީމްް ސަމީރު
ނޮވެމްބަރ 13, 2025

ޓްރަމްޕްގެ ތާކުންތާކު ނުޖެހޭ ޖެނޮސައިޑް ހުއްޓުވުމުގެ އެއްބަސްވުމާ ޖެނޮސައިޑް ފޯސްއިން ދަނީ ތަކުރާރުކޮށް ޚިލާފް ވަމުންނެވެ. ފަލަސްތީނުގެ މަސްދަރުތަކުން ބުނެފައިވާ ގޮތުގައި މިއަދު ހެނދުނު ބައިތު ލާހިޔާ އަވަށާއި ޣައްޒާ ސިޓިއާއި އަދި ޚާން ޔޫނިސް ސިޓީއަށް އިސްރާއީލުން ވައިގެ ހަމަލާތައް ދީފައިވެއެވެ. އަދި އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާ ސިޓީގެ އިރުމަތީގައިވާ ތުއްފާޙު އަވަށުގެ އިމާރާތްތަކަށްވެސް ބޮން އަޅައި އޮޕަރޭޝަނެއް ހިންގާފައެވެ.

ފަލަސްތީނުގެ މީޑިއާ މަސްދަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދު ފަތިހު ޣައްޒާގެ އުތުރުގައިވާ ބައިތު ލާހިޔާ ސިޓީގައި ހުންނަ އަޙްމަދު އައްޝުޤައިރީ ސްކޫލުގެ ވަށައިގެންވާ ސަރަޙައްދަށް އިސްރާއީލުގެ ވައިގެ ޖެނޮސައިޑް ހަމަލާއެއް އަމާޒުކޮށްފައިވެއެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަމަލުކުރަން ފެށިފަހުން، އިސްރާއީލުގެ ސިފައިން ދަނީ ބިރަކާ ނުލައި ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އެއްބަސްވުމާ ޚިލާފަށް ޢުދުވާނީ ހަމަލަތައް ދެމުންނެވެ. މި ހަމަލާތަކުގެ ސަބަބުން މަދުވެގެން 242 ފަލަސްތީނުގެ މީހުން ޝަހީދުވެ، ސަތޭކަ އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

މި ޢުދުވާނީ ހަމަލަތަކުގެ ތެރޭގައި ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ސިފައިން ފޭބި ސަރަޙައްދުތަކަށް ބޮން އެޅުމާއި ރައްޔިތުން ދިރިއުޅޭ އިމާރާތްތައް ހަލާކުކޮށްލުން ހިމެނެއެވެ.

މި ލިޔުމާ ގުޅޭ