އިޒުރޭލަށް މަރުހަބާ ކިޔުމެއްނެތް، އެހެންގައުމުތަކާ ގުޅުން އޮންނާނެ: ރައީސް

މުހައްމަދު އަލީ
ނޮވެމްބަރ 14, 2025

ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ކުރަމުންދާ އަނިޔާ ނުހުއްޓާހާ ހިނދަކު ދިވެހިރާއްޖެއިން އިޒުރޭލާއެކު ގުޅުން ނުބާއްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށް ގެންދާ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ”އިޒުރޭލު ފިޔަވާ އެހެން ހުރިހާ ގައުމަކާ މިގައުމުން ގާތްގުޅުން އޮންނާނެ. ފަލަސްތީނު ރައްޔިތުންނަށްދޭ އަނިޔާ ދޭހާ ހިނދަކު މި ދިވެހިރާއްޖެއަކުން ނެތް އިޒްރޭލު މީހުންނަށް މަރުހަބާ ކިޔުމެއް،“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ ދެމިއޮންނާނީ ފަޚުރުވެރި އިސްލާމީ ގައުމެއްގެ ގޮތުގައި އަދި މިނިވަން ގައުމެއްގެ ގޮތުގައި ކަމަށެވެ. ގައުމުގެ މިނިވަންކަން ޔަގީންކުރުމަށް އެމަނިކުފާނު ކުރިން ދެންމެވި ފަލަ ރަތްރޮނގު މިހާރުވެސް ދަނީ ތަންފީޒު ކުރައްވަމުން ކަމަށެވެ. ޚާރިޖީ ސިޔާސަތަކީ އިޒްރޭލް ފިޔަވާ އެހެން ހުރިހާ ގައުމަކާއެކު ގުޅުން ބޭއްވުން ކަމަށެވެ. އެއީ ކުޑަގައުމެއްވިޔަސް ބޮޑު ގައުމެއްވިޔަސް ރާއްޖެއާ ގުޅުން ބާއްވަން ބޭނުންވާ ގައުމުތަކާއެކު ގުޅުން ބާއްވާނޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ މިހާރުވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށްފައެވެ. ރައީސް ވިދާޅުވީ އެއީ ދިވެހި ރައްޔިތުން ބޭނުންވެގެން ކުރެއްވި ކަމެއް ކަމަށެވެ.

މި ލިޔުމާ ގުޅޭ