މިސްރުގެ ކްރިސްޓިއަނަކަށް އުމްރާ ދަތުރު ލިބުމުން ހެދީ ކިހިނެއް؟

އިބްރާހީމްް ސަމީރު
ނޮވެމްބަރ 17, 2025

މިޞްރުގެ އިޖުތިމާޢީ އެއްބައިވަންތަކަމާބެހޭ ވުޒާރާގައި މުވައްޒަފުންގެ އަގު ވަޒަންކޮށް ހޮވޭ ފަރާތްތަކަށް އުމުރާ ދަތުރު ލިބޭނެ ކަމަށް އިއުލާން ކުރުމުން ކްރިސްޓިއަން މުވައްޒަފަކު ވަނީ އެ ދަތުރު އޭނާއަށް ލިބިއްޖެނަމަ އުމުރާއަށް ދާ ހިތުން އުޅޭ މުސްލިމަކަށް ދޭން ނިންމާފައެވެ.

އެހެންނަމަވެސް ވޮވުނު މީހުންގެ ތެރޭގައި އެހެން ކްރިސްޓިއަނަކު ހިމެނުނެވެ. އޭނާ ވަނީ ކެމެރާ ކުރިމަތީގައި ވަޒީރުގެ ހާޒިރުގައި އޭނާގެ އުމުރާ ދަތުރުގެ އިނާމް އެކުގައި މަސައްކަތް ކުރާ މުސްލިމަކަށް ދީފައެވެ. އަދި ވަޒީރު ވަނީ ދެން ހުރި ކްރިސްޓިއަން މުވައްޒަފަށްވެސް އުމުރާ ދަތުރެއް ދެއްވާފައެވެ. އޭނާވެސް އޭނާގެ އުމުރާ ދަތުރު މުސްލިމު މުވައްޒަފަކަށް ދިނެވެ.

މިނިންމުމާ ގުޅިގެން ވަޒީރު ވަނީ އުމުރާ ދަތުރުގެ ޚަރަދާ އެއްވަރުގެ ފައިސާގެ އަދަދެއް މި ދެ މުވައްޒަފުން ޗުއްޓީއަށް ދިއުމަށް ދޭނޭ ކަަމަށް ނިންމައި ވަގުތުން އެކަން އިއުލާން ކުރައްވާފައެވެ. ވަޒީރު ވަނީ އެއްބައި ވަންތަކަން ދެއްކުމުން މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

މި ލިޔުމާ ގުޅޭ