ޝެއިޚު ހަސީނާގެ ކައިވެންޏަށް 58 ފުރުނު ދުވަހު ވީ ކިހިނެއް؟

އިބްރާހީމްް ސަމީރު
ނޮވެމްބަރ 17, 2025

ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚު ހަސީނާ ކައިވެނި ބައްލަވައި ގަތީ މީގެ 58 އަހަރު ކުރިންނެވެ. މިއަދަކީ އޭނާގެ ކައިވެނީގެ އަހަރީ މުނާސަބާއެވެ.

މިއަދު ބަންގްލަދޭޝް އިންޓަރނޭޝަނަލް ޓްރައިބިއުނަލުން ވަނީ ހަސީނާއަށް މަރުގެ ނިޔާ އިއްވާފައެވެ. ޑާކާގައި  3 ފަނޑިޔާރުންގެ ބެންޗަކުން މިއަދު ޙުކުމް އިއްވިއިރު ރިއާސަތުގައި އިންނެވީ ފަނޑިޔާރު ޣުލާމް މުރުތަޟާ މާޒޫމްދާރު އެވެ. އަދި އޭނާއާއެކު ފަނޑިޔާރު ޝަފީޢުލް އާލަމް މަޙުމޫދު އާއި ފަނޑިޔާރު މުޙީޠުލް ހައްޤު އިނާމް ޗައުދްރީ ވބައިވެރިވެ ވަދައިގަތެވެ.

އިއްވާފައިވާ ޙުކުމަކީ 453 ސަފްހާގެ ހުކުމެކެވެ.

މި ޙުކުމު އިއްވަމުން ދިޔައިރުވެސް ކޯޓު ތެރެ އޮތީ ހަލަބޮލިވެފައެވެ. އަދި އެތައް ތަނެއްގައި ބޮން ގޮއްވާލާފައި ވެއެވެ.

ހަސީނާ ދިރިއުޅުއްވަނީ އިންޑިއާގައެވެ. އޭނާ ހަވާލު ކުރުމަށް ބަންގްލަދޭޝް އިން ވަނީ އިންޑިއާއަށް ގޮވާލާފައެވެ.

 

މި ލިޔުމާ ގުޅޭ