ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅެމުންދާ މިންވަރަކުން މަސްވެރީންގެ އަތުން މަސްގަންނަ އަގު ސަރުކާރުން ބޮޑުކޮށްދެއްވާނެ ކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެއަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސަނގު ޓީވީއަށް ދެއްވި އިންޓަވިއެއްގައި ނާއިބު ރައީސް ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ އިގްތިސާދު ވަނީ ފުނޑިފައި ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރުވެސް ގެންދަވަނީ އެކަން ރަނގަޅު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ކަމަށް ހުސައިން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކުރެއްވުމަށްޓަކައި ސަރުކާރުން ލުއިލޯނު ދެއްވާނޭ ކަމަށެވެ. މިކަންކަމުގެ ސަބަބުން އިގްތިސާދު އިތުރަށް ސިންދަފާތުވެގެން ދާނެކަމަށް ވެސް ވިދާޅުވިއެވެ.
މިހުރިހާ ކަމެއްގެ ތެރެއިން މި ވެރިކަމުގައި ދިވެހީންނަށް ފާގަތި މުސްތަގުބަލެއް އެބައޮތް ކަމުގެ ޔަގީންކަން ނާއިބު ރައީސް ވަނީ ރައްޔިތުންނަށް ދެއްވައިފައެވެ.






