ކުރިއަށް އޮތީ ބާރު ސްޕީޑްގައި މަޝްރޫޢުތައް ކުރިއަށްދާނޭ ތިން އަހަރު: ނާއިބު ރައީސް

މުހައްމަދު އަލީ
ނޮވެމްބަރ 17, 2025

ކުރިއަށް އޮތް ތިން އަހަރަކީ ތަރައްގީގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށްގެންދަވާނެ ތިން އަހަރުކަމަށް ދިވެހިރާއްޖޭގެ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ  ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ވޭތުވެދިޔަ ދެއަހަރު ކުރިއަށް ގެންދަވާފައިވާ މަސައްކަތްތަކާއި ލިބިވަޑައިގެންފައިވާ ކާމިޔާބީތަކަށް ބައްލަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރާ ހަވާލުވެ ވަޑައިގެންނެވިއިރު ގައުމުގެ ހާލަތު އޮތް ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ވެރިކަމުގެ ފުރަތަމަ ދެތިން މަހުގެ ތެރޭގައި، އޭރު އޮތް ރައްޔިތުން މަޖިލިހުގެ މެޖޯރިޓީ އޮތީ އިދިކޮޅަށް ކަމަށްވުމުން، ސަރުކާރުން ހިންގަން ބޭނުންވި ތަރައްގީގެ ގިނަ މަޝްރޫޢުތަކަށް މާލީ ދަތިކުރުންތައް ކުރިމަތިކުރުވިކަމަށް ވިދާޅުވިއެވެ. އެދުވަސްވަރު މަޖިލިސް ތެރެއިން މަސައްކަތް ކުރެއްވީ ގާނޫނީ ގޮތުން އިންތިޚާބުވެފައިވާ ސަރުކާރެއް ވައްޓާލުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެ ގޮންޖެހުންތަކާއި ކުރިމަތިލައްވައި، ކުރިއަށް އޮތް ތިން އަހަރަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ގައުމީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގޭނޭ ތިން އަހަރުކަމަށް ނާއިބު ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒާއި ވިސްނުންފުޅު އަބަދުވެސް ގެންގުޅުއްވަނީ އެކި ދާއިރާތަކުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކަމަށެވެ. ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް އަވަސްކޮށް، އެއަރޕޯޓް ހުޅުވުމާއި، އެތެރޭގެ އުދުހުންތައް ފުޅާކުރުމާއި، ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުން އޭގެތެރޭގައި ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ