ދުބާއި އެއަރޝޯ 2025 ގައި ހިންދުސްތާން އެއަރޮނޯޓިކްސް ލިމިޓެޑްއައި ޑިފެންސް ރިސަރޗް އެންޑް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަން އަދި އިންޑިއާގެ މުހިންމު އަމިއްލަ ކުންފުނިތަކުން ބައިވެރިވެފައި ވެއެވެ. އިންޑިއާގެ ކުންފުނިތަކުން ވަނީ އެގައުމުގެ ކުރިއަރަމުން އަންނަ އެއަރޮނޯޓިކްސް އަދި ދިފާއީ ކުލަދާނަކަން ދައްކުވައި ދީފައެވެ. މި އެއާޝޯގައި އިންޑިއާއން ދައްކާލި އުފެއްދުންތަކުގެ ތެރޭގައި ލައިޓް ކޮމްބެޓް އެއަރކްރާފްޓް، ތޭޖަސް ފައިޓަރ ޖެޓްއާއި، ސޫރްޔާކިރަން އެއަރޮބެޓިކް ޓީމް، އަދި އިންޑިއާއާއި ޖަރުމަންވިލާތުން ގުޅިގެން ތަރައްގީކޮށްފައިވާ އެޑްވާންސްޑް ހެލިކޮޕްޓަރ ސޭފްޓީ ސިސްޓަމްތައް ހިމެނެއެވެ.
އިންޑިއާގެ އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި، އިންޑިއާއިން މި އެއަރޝޯގައި ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ، ދުނިޔޭގެ ދިފާއީ ސިނާއަތުގައި އިންޑިއާގެ ބައިވެރިވުން ވަރުގަދަކޮށް، ”މޭކް އިން އިންޑިއާ“ ޓެކްނޮލޮޖީތައް ބައިނަލްއަޤްވާމީ ބަޒާރަށް ތަޢާރަފުކުރުމެވެ.
ދުނިޔޭގެ އެންމެ ބޮޑެތި އޭވިއޭޝަން އަދި ދިފާއީ ޕްލެޓްފޯމްތަކުން ބައިވެރިވާ ކޮންމެ ދެ އަހަރަކުން އެއް ފަހަރު ބާއްވާ ދުބާއި އެއަރޝޯއަށް، އަސްކަރީ ސިނާއީ ދާއިރާގެ 148,000 އަށް ވުރެ ގިނަ ފަރާތްތަކުން ޒިޔާރަތްކޮށްފައި ވެއެވެ. އަދި، 200 އަށް ވުރެ ގިނަ މަތިންދާބޯޓު ވަނީ ވައިގެ ތެރޭގައި ދައްކާލާފައެވެ.






