ތިން ކެފޭއަކުން ހަތް ބިދޭސީއަތު އަތުލައިގެންފި

މުހައްމަދު އަލީ
ނޮވެމްބަރ 21, 2025

ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަތް ބިދޭސީއަކު އަތުލައިގެންފި ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މި ހަތްމީހުން އަތުލައިގެންފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރާ ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައެވެ. މި ހަތްމީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެވެ. މިމީހުން އަތުލައިގަތީ ހުޅުމާލޭގައި ހިންގަމުންދިއަ 3 ކެފޭއެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މިމަސައްކަތުގެ ތެރެއިން ގިނައަދަދެއްގެ ބިދޭސީން މީގެކުރިން ވެސް ވަނީ އަތުލައިގެންފައެވެ.

މި ލިޔުމާ ގުޅޭ