ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ދެވަނަ ފޭސްގެ ދެ ބެޗްގެ ކިޔެވުން ފަށައިފި

މުހައްމަދު އަލީ
ނޮވެމްބަރ 27, 2025

ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން

ކުރިއަށްގެންދާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ދެވަނަ ފޭސްގެ ދެ ބެޗް، މާފުށީ ޖަލުގެ އަންހެން ޤައިދީންނަށް ފަށައިފި ކަމަށް ކަރެކްޝަނުން ވިދާޅުވެއްޖެއެވެ.

މިއީ ތިން މަސްދުވަހަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ދެބެޗަކީ ނުވަނަ ބެޗާއި ދިހަވަނަ ބެޗެވެ. ދެ ބެޗްގައި ޖުމްލަކޮށް 12 ގައިދީން ބައިވެރިވެފައިވެއެވެ.

ފްރޭމްވަރކްގެ ދެވަނަ ފޭސްގައި ކުރިއަށްދާނީ “ސައިކޮލޮޖީ ޕްރޮގްރާމް”ތަކެވެ. މި ފޭސްގެ މަގްސަދަކީ ޤައިދީންނަކީ ނަފްސާނީ ގޮތުން ވަރުގަދަ ބައެއް ކަމުގައި ހަދައި، އެމީހުން ކުށުގެ ވެށިން ސަލާމަތްކޮށް، އަމިއްލަ ނަފްސަށް އިތުބާރުކުރާ ފަރުދުންތަކެއްގެ ގޮތުގައި މުޖްތަމަޢުއަށް ނެރެދިނުން ކަމަށް ކަރެކްޝަނުން ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ