ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ދެ ޑްރެޖަރއިން މަސައްކަތް ކުރަން ފަށައިފިއެވެ. ހުޅުމާލެ ފޭސް 3 ހިއްކުން އެއްފަހަރާ 2 ޑްރެޖަރ އިން ކުރަމުންދަނީ،“ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ހުޅުމާލެ ފޭސް ތިނެއް ހިއްކުން އަވަސް ކުރުމަށް ދެ ޑްރެޖަރުން މަސައްކަތް ފެށޫ އެތަން ހިއްކުން ލަސްވުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ހުޅުމާލެ ފޭސް ތިނެއްގެ ޔޫނިއަނުން ބުނެފައިވަނިކޮށްނެވެ.
އެ ޔޫނިއަނުން ބުނެފައިވަނީ މިސަރުކާރު ވެރިކަމަށް އައިސް އެތަން އެއް އަހަރުތެރޭގައި ހިއްކައި ނިންމައި ގޯތި ހަވާލުކުރާނޭ ކަމަށް ބުނިކަމަށެވެ. އެ މުއަދަތު ނިމި ތިން ވަނަ އަހަރެއް ފެށުނުއިރު ވެސް އެކަން ނުވާކަމަށް އެ ޔޫނިއަނުން ވަނީ ބުނެފައެވެ.






