މިނިސްޓަރު އިހުސާން: ފޮޓޯ ޕީއެސްއެމް

މައުލޫމާތު ހޯދަން ހުށަހެޅުމުން ފީއެއް ނެގުން ރަނގަޅު: މިނިސްޓަރު އިހުސާން

މުޙައްމަދު ގުރައިޝް އަޙްމަދު
ޑިސެމްބަރ 2, 2025
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާ ކަންކަމަށް ޖަވާބުދިނުމަކީ ދައުލަތުން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަކަށްވާތީ، އެ ހިދުމަތް ހޯދުމަށް ވަކި އަގެއް ނެގުމަކީ ރަނގަޅު ގޮތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާ ގުޅޭގޮތުން ގައުމީ ޔުނިވާސިޓީގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު އިހުސާން ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް މައުލޫމާތު ހޯދުމަށް ފީއެއް ނަގައެވެ. ސަބަބަކީ އެ މައުލޫމާތު އެއްކޮށް، ފޯރުކޮށްދިނުމުގެ ފަހަތުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ގިނަވެ، އެކަމަށް ހިނގާ ހަރަދު ބޮޑުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި ވެސް މިފަދަ ނިޒާމެއް އޮތުމަކީ، މުއައްސަސާތަކުން ދޭ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވައެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ދައުލަތުގެ 80 އެއްހާ މުއައްސަސާ ހުރިއިރު، ކޮންމެ ތަނެއްގައި މައުލޫމާތާއި ގުޅޭ އޮފިސަރުންނާއި އެޕީލް އޮފިސަރުން ތިބެންޖެހޭ ކަމަށެވެ. ކޮންމެ ދުވަހަކު ލިބޭ ގިނަ ހުށަހެޅުންތަކަށް ޖަވާބުދިނުމަށް، މުވައްޒަފުން ހާއްސަކޮށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު، މިއީ ހަމައެކަނި ފޮނުވާލާ ލިޔުމެއް ނޫންކަމާއި މިއީ ”ކޮސްޓްލީ ޕްރޮސެސް“ އެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ލިޔުމާ ގުޅޭ