އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ދިހަމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މީގެ އިތުރުން ހާކޯޓު އަމުރެއްގެ ދަށުން ދިހަތަނެއް ވަނީ ބަލައި ފާސްކޮށްފައި ކަމަށް ވެސް ވިދާޅުވެފައެވެ.
މިމީހުންގެ ތެރެއިން 6 މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު މިއަދު ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ހާޒިރު ކޮށްފައިވަނީ ސ. ހިތަދޫ / ގުލްކަނދުގެ، ޙަސަން ނަޒީފް (36އ) އެވެ. އޭނާގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފައެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.






