މަސްތުވާތަކެތީގެ ބޮޑުންތަކެއް އައްޑޫން ހައްޔަރު ކޮށްފި

މުހައްމަދު އަލީ
ޑިސެމްބަރ 5, 2025

މަސްތުވާތަކެތީގެ ބޮޑުންތަކެއް އައްޑޫސިޓީން ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން މިހާރު ކުރިއަށް ގެންދާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައެވެ. މި މީހުންނަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތައް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މީހުން ހައްޔަރު ކޮށްފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހައްޔަރުކޮށްފައިވަނީ:

  • ސ.ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ)
  • ސ. ހިތަދޫ / ފަލާޙް، ހާފިޡު ފައުޒީ (31އ)
  • ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ)
  • ސ. ހިތަދޫ / ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ)
  • ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުޙައްމަދު (23އ) އެވެ.

ފުލުހުން ވިދާޅުވީ މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރިޗު މަހު ކަމަށެވެ. ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން މި ނެޓްވޯރކްގެ ތެރެއިން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިދީފައެވެ. ޙަސަން އަލްފާފާއި، އަމީން މުޙައްމަދަށް 5 ދުވަހުގެ މުއްދަތެއް ކޯޓުންވަނީ ޖަހައިދީފައެވެ.

ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުން ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ