އައްޑޫން އަތުލައިގަތް މިލިއަން ސިގިރެޓު ނައްތާލައިފި

މުހައްމަދު އަލީ
ޑިސެމްބަރ 9, 2025

ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އައްޑޫސިޓީން އަތުލައިގެންފައިވާ 1.8 މިލިއަން ސިގިރޭޓު ނައްތާލައިފި ކަމަށް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ. ކަސްޓަމުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އެއް މިލިއަން އަށްލައްކަ ތިރީސް ހާސް ސިގިރެޓު ސްޓިކްސް ނައްތާލާފައިވާ ކަމަށެވެ.

އެ ތަކެއްޗަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެކެވެ. އެ އަތުލައިގެންފައިވަނީ ހިތަދޫ ކަސްޓަމްސް އިން ބަލައި ފާސްކުރުމުގެ ތެރޭގައި އައްޑޫ ހިތަދޫ ޕޯޓުންނެވެ. މި ސިނގިރޭޓުތައް ނައްތާލީ އައްޑޫ ހިތަދޫ ޕޯޓް ލިމިޑެޓް ސަރަހައްދުގައި ކަމަށް ކަސްޓަމުން ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ