ހުޅުމާލޭ މީހުން އުޅޭ ބައެއް ފުލެޓުތައް/ފޮޓޯ ހިރި

ފުލެޓު ހަވާލު ކުރުމުގެ މަސައްކަތް ފަށައިފި

މުހައްމަދު އަލީ
ޑިސެމްބަރ 9, 2025

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކުރި 4000 ފްލެޓް ލިބުނު މީހުންނަށް، ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތްކުރިއަށް މިދަނީ ކުރިން ވެސް ނިންމާފައިވާ ތާވަލާ އެއްގޮތަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ފުލެޓުތަކުގެ ތެރެއިން ފުރަތަމަ ހަވާލުކޮށްފައިވަނީ ސާދަވަނަ ޓަވަރުގެ ފުލެޓުތަކެވެ. ބާކީ ޓަވަރުތަކުގެ ފުލެޓުވެސް މިމަހުގެ ދެވަނަ ހަފްތާގައި ހަވާލުކުރާ ގޮތަށް ވަނީ ނިންމައިފައެވެ. އިއްޔެ ވަނީ އިތުރު ފަސް ފުލެޓެއް ހަވާލުކޮށްފައެވެ. މީން ކޮންމެ ޓަވަރެއްގައި ހުންނަނީ 120 ފުލެޓެވެ. ބާކީ ޓަވަރުތަކުގެ ފުލެޓުތައް ޖަނަވަރީމަހުގެ ނިޔަލަށް ހަވާލުކޮށް ނިންމާލެވޭނޭ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

 

މި ލިޔުމާ ގުޅޭ