ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިޝަން ހަގީގަތަކަށް ހެއްދެވުމަށް ދެމިހުންނަވާނޭ ކަމަށް އައްޑޫސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ އާމިނަތު އީނާ ވިދާޅުވެއްޖެއެވެ.
ރައީސްގެ ވިޝަން ހަގީހަތަކަށް ހެއްދެވުމަށް އެމަނިކުފާނާއެކު ހުންނަވާނީ ކެރިގެން ސާބިތުކަމާއެކު ކަމަށް އީނާ ވިދާޅުވެފައިވެއެވެ.
ރައީސާއެކު ހުންނަވައިގެން މަސައްކަތް ކޮށްގެން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވާނޭހެން ބަދަލުކުރައްވާނޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ”އަޅުގަނޑުމެން ތިޔަ ބޭފުޅުންގެ ދިރިއުޅުމުގެ ފެންވަރު ބަދަލު ކުރާނަން. ދިރިއުޅުން ރައްކާތެރިކޮށްދޭނަން. ތިޔަބޭފުޅުންގެ މޫނުތަކަށް ހިނިތުންވުމެއް ގެނެސް ދޭނަން. އެއީ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ދޭނެ ޔަގީންކަމެއް،“ އީނާ ވިދާޅުވެފައިވެއެވެ. އީނާ މޭޔަރުކަމަށް ކުރިމަތިލެއްވީ ކުރިމަތިވެދާނޭ އަދި ކުރުވައިފާނޭ ކޮންމެ ފަދަ ގޮންޖެހުމަކަށް ފިސާރި ކެރިގެން ކުރިމަތިލައްވައި ކާމިޔާބު ކުރުމުގެ މަތިވެރި އަޒުމާއި އުންމީދުގައެވެ.






