މެންބަރު މައުރޫފު ފަސްދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފި

މުހައްމަދު އަލީ
ޑިސެމްބަރ 12, 2025

މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިންގެ ޖަމިއްޔާއިން އިސްނަގައިގެން ބޭއްވި އިހުތިޖާޖުގައި ހައްޔަރުކުރި 4 މީހެއްގެ ތެރެއިން ތިން މީހަކު ބަންދުކުރުމަށް ލޯޓުން އަމުރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް ފަސް ދުވަހަށް ބަންދު ކުރުމަށް ނިންމީ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން ކަމަށެވެ.

ބަންދުކުރަން ނިންމި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫދާއިރާގެ މެންބަރު މައުރޫފު ޒާކިރުވެސް ހިމޭނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. ”މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރު ކޮށްފައިވާ 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންނަށްވެސް 5 ދުވަހުގެ މުއްދަތެއް ވަނީ ދީފައި. މިމީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުވެސް ހިމެނޭ،“ ފުލުހުން ވިދާޅުވިއެވެ.

އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރު މައުރޫފު ޒާކިރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ޚިލާފަށް ކަމަށެވެ.

މި ލިޔުމާ ގުޅޭ