މަސާޖު ކުރާތަނަކުން 5 މީހަކު ނަގައިފި

އިބްރާހީމްް ސަމީރު
ޑިސެމްބަރ 13, 2025

މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އިތުރު މަސާޖު ޕާލަރުތަކެއް ބަލައިފާސްކޮށް، ފަސް މީހަކު ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މާލޭގައި ހިންގަމުން ދިޔަ އިތުރު ހަތަރު މަސާޖު ޕާލަރު ބަލައިފާސްކޮށް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން، ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ފަސް ބިދޭސީއަކު އެ އިދަރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިދިޔަ ބުދަ ދުވަހު ވެސް މިފަދަ އޮޕަރޭޝަނެއް ހިންގައި، ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކޮށްފަ އެވެ. އެތަންތަނުން ތިން ބިދޭސީ މީހުން ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން ވަނީ އެތަންތަން ބަންދު ކޮށްފަ އެވެ. އަދި އެހެނިހެން ވިޔަފާރި ކުރާ ތަންތަން ބަލައިފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާމެދު ފިޔަވަޅު އަޅައި، ބައެއް ވިޔަފާރިތައް ދަނީ ބަންދު ކުރަމުންނެވެ.

 

މި ލިޔުމާ ގުޅޭ