ގައުމުން ބޭރުގައި ދިރިއުޅޭ ސްރީލަންކާ މީހުން ސްރީލަންކާއަށް މިއަހަރުގެ ފުރަތަމަ 11 މަސްދުވަހުގެ ތެރޭގައި ފޮނުވާފައިވާ ފައިސާ ރައްޖޭގެ ގައުމި އުފެއްދުންތެރިކަމަށް ވުރެން ގިނަ ކަމަށް ދައްކައެވެ. ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީގެ މިންވަރަކީ 7 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއަހަރުގެ ފުރަތަމަ 11 މަސްދުވަހުގެ ތެރޭގައި ބޭރުގައި ދިރިއުޅޭ ސިލޯނު މީހުން ސިލޯނަށް 7.19 ބިލިއަން ޑޮލަރުގެ ފައިސާ ފޮނުވާފައިވާ ކަމަށް އެގައުމުގެ މަރުކަޒީ ބެންކުން ބުނެއެވެ.
ސްރީލަންކާގެ މަރުކަޒީ ބޭންކް އޮފް ސްރީލަންކާ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގައުމުން ބޭރުގައި އުޅޭ މަސައްކަތްތެރިން ފޮނުވި ފައިސާގެ އަދަދު 673.4 މިލިއަން ޑޮލަރަށް އަރާފައި ވެއެވެ.
2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ޖުމުލަ 7.19 ބިލިއަން ޑޮލަރު ރެމިޓެންސްގެ ގޮތުގައި ފޮނުވާފައި ވެއެވެ.
ދިވެހިރާއްޖޭގެ ގައުމީ އުފެއްދުމުގެ ޖުމުލަ ނިސްބަތަކީ 7 ބިލިއަން އެމެރިކާ ޑޮލަރެވެ.
މިއަހަރު ފޮނުވާފައިވާ ފައިސާއަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފޮނުވި ފައިސާއާ އަޅާ ބަލާއިރު 20.7 އިންސައްތަ އިތުރު މިންވަރެކެވެ.






