ބްރިޓިޝް އެއަރވޭޒްގެ ބޯއިން 747 މަރުކާގެ އުދުހޭ ބޯޓުތަކުގައި އަންހެނުންގެ ގިފިލި ބަލައިފާނެ ބިރު އޮތް ކަމަށް ބުނެ ޝަކުވާ ކޮށްފިއެވެ. ބްރިޓިޝް އެއާވޭޒްގެ ފަސްޓް ކްލާސްގައި ދަތުރުކުރާ ފަސިންޖަރުން ބޭނުން ކުރާ ގިފިލިއަށް ވަނީ ބަދަލު ތަކެއް ގެނަސްފައެވެ. މިހާރު ގިފިލި ބޮޑުކޮށްފައިވާއިރު ކުޑަ ދޮރުތަކުގައި ފަރުދާ ލާފައެއް ނުވެއެވެ.
ބްރިޓިޝް އެއާވޭޒްގެ އުދުހޭ ބޯޓެއްގައި ނިއުޔޯކަށް ދަތުރުކުރި އިނގިރޭސި އަންހެނަކު ވަނީ މިފަދަ ކުޑަދޮރުތަކުގައި ފަރުދާ ނެތުމުން ގިފިލި ބަލައިފާނެ ކަމަށް ބުނެ ނުތަނަވަސްކަން ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން ބޯޓުގެ ފަޅުވެރިން އެކަމަނާ ހިތްހަމަޖައްސައި ދެމުން ބުނެފައި ވަނީ އެހައި އުހުން މީހަކު ބަލަން އުޅެފިނަ އެއީ މާބޮޑު ކަމެއް ނޫން ކަމަށެވެ.
”ކަމަނާ! ފަންސްތިރީސް ހާސް ފޫޓު އުހުން އުދުހިފައި ދާއިރު މީހަކު ކުޑަދޮރުން ގިފިލި ބަލަން އުޅެފިނަމަ އެކަން ކުރުމުގެ ހުރިހައި އިޚުތިޔާރެއް އެމީހަކަށް ލިބިގެންވާނެއެވެ!“






