މޮރޮކޯގެ މިހާރުގެ ރަސްގެފާނު މުހައްމަދު 6 ވަނަގެ ކައިވެނީގެ ހަފްލާއަށް އެމެރިކާގެ އެއިރުގެ ރައީސް ބްލިން ކްލިންޓަން ރަސްމީ ދައުވަތެއް ނެތި، އޭނާގެ މެހުމާނުންގެ ގޮތުގައި ދައްލާލް ޖެފްރީ އެޕްސްޓީން އާއި އޭނާގެ ބައިވެރިޔާ ގިސްލޭން މެކްސްވެލް ގެންދިޔަކަން ބޭޒާރުވުމުން އޭނާގައި އެކަމާ މެދު ބަހުސްކުރަން ފަށައިފިއެވެ.
ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްލިންޓަންއާއި މުހައްމަދު 6 އާ ދެމެދު ގުޅުން ބަދަހިވީ އެހާދިސާގެ 3 އަހަރު ކުރިން ހަސަން ރަސްގެފާނުގެ ޖަނާޒާއަށް ކްލިންޓަން ވަޑައިގަތުމުންނެވެ.
އެމރިކާ މީޑިއާއިން ދަނީ ރައީސަށް އެހެން ގައުމަކުން ދޭ ދައުތެއްގައި އޭނާގެ ރައްޓެހިން އެގޮތަށް ދެވޭތޯ ސުއާލު ކުރަމުންނެވެ.
ދައްލާން އެޕްސްޓީން އަކީ ޔަހޫދީ ޖާސޫސީ އިދާރާގެ އެޖެންޓެކެވެ. އޭނާ ދިޔައީ އެމެރިކާ ވެރިންނާއި މުއްސަނދިންނާއި ސައިންޓިސްޓުންނަށް އުމުރު ހަމަނުވާ އަންހެން ކުދިން ހޯދައިދީ އެމީހުން އަތުން މައުލުމާތު އެއްކޮށް އެ މައުލުމާތު ޖެނޮސައިޑް ބާގައިގެ މީހުންނަށް ފޯރުވައި ދެމުންނެވެ.






