ގިނަ އަދަދެއްގެ ސެޓެލައިޓްތައް ދުނިޔޭގެ މަދާރުގައި ބަހައްޓައިގެން މުވާސަލާތީ ޚިދުމަތް ދޭ ސްޓާލިންކު ކުންފުނީގެ ސެޓެލައިޓެއް ކޮންޓްރޯލުން ބޭރުވެއްޖެއެވެ. މަސްކުގެ ކުންފުނިން އުފައްދާފައިޥާ ފެންވަރު ދެރަ ސެޓެލައިޓް ދުނިޔެއަށް މިސްރާބު ޖަހާފައިވާ ކަމަށް ބުނެއެވެ. ސްޓާލިންކުން ދަނީ ނާސާއާ ގުޅިގެން މިސެޓެލައިޓް ވެއްޓޭނެ ދިމާ ބަލަމުންނެވެ.
ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް ބުނެއެވެ. އަދި މި ސެޓެލައިޓް ދުނިޔޭގެ ފަށަލައަށް ވަންނައިރު އަނދައިގެން ދާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މީގެ އިތުރުން މި ސެޓެލައިޓް ތިރީ މަދާރެއްގައި އެނބުރޭތީ މިއިން އިންޓަރނޭޗަނަލް ޖައްވީ ސްޓޭޝަނަށް ނުރައްކަލެއް ނެތް ކަމަށްވެސް ބުނެއެވެ.






