ބޮންޑާއި ބީޗުގައި ދިން ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެކެވެ. ކަމާބެހޭ ފަރާތްތަކުން އެއީ ”އިސްލާމީ ހަރުކަށި ފިކުރު“ ގެ ވަސްވާސް އިން ދީފައިވާ ހަމަލާއެއް ކަމަށް ލޭބަލް ކުރި ނަމަވެސް މި ހަމަލާއާ ގުޅޭ ބައެއް ތަފްސީލުތައް އަދިވެސް ސާފެއް ނުވެ އެވެ. އަދި ސުއާލުވެސް އުފެދެއެވެ.
ހަމަލާދިން މީހުންނާ އައިސިސްއާ ގުޅުވަނީ އެމީހުންގެ ކާރުން އައިސިސްގެ ދެ ދިދަ ފެނިގެންނެވެ. ނަމަވެސް އެފަދަ އެއްވެސް އެއްޗެއް ހެއްކެއް އެމީހުންގެ ގެއިން ފެނިފައެއް ނުވެއެވެ. އެމީހުންގެ އެއްވެސް އިލެކްޓްރޯނިކް ޑިވައިސްއަކުން ހަރުކަށި ފިކުރުގެ އެއްވެސް އެއްޗެއް ފެނުނު ކަމަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ. ދިދަ ހޯދި ތަނެއް ގަތް ތަނެއް ޕްރިންޓް ކުރި ތަނެއް ނޭނގެއެވެ. އެމީހުން ހަމަލަ ދިން އިރު ދިދަ ނުގެންދިޔައި ކިއްވެ ބާ؟ މިކަމުގެ ސަބަބުން އެ ދިދަތައް ހަމައެކަނި އުޅަނދުގައި ފެނިގެން ދިޔައީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ.
ހަމަލާދިން މީހުން ދަތުރުކޮށްފައި ވަނީ އަބޫ ސައްޔާފްގެ މީހުން ހަރަކާތްތެރިވާ ފިލިޕީންސްގެ ސަރަހައްދަށް ކަމަށް ބުނެއެވެ. ތަފްސީލެއް ނެތެވެ. ތަމްރީނު ކުރި ކަމުގެ ވާހަކައެއް ފޮޓޯއެއް ހެއްކެއް ފިލިޕީންސް އިން ބުނި އެއްޗެއް ނެތެވެ. އަދި ބުނަނީ ހަމައެކަނި ސަރަހައްދެއް ގެ ވާހަކައެކެވެ. ނަމަވެސް ފިލިޕީންސްގައި އެމީހުންނާ ބައްދަލުވީ ކާކާއި ކުރި ކަމަކީ ގޮބައި ކަމާއި ނުވަތަ ތަމްރީނު ލިބުނުތޯ ފަދަ ސުއާލަކަށް ޖަވާބެއް ނެތެވެ.
އަނެއް ބޮޑު ސުއާލަކީ ހަތިޔާރު: ބަޑި ލިބުނީ ކިހިނެއް ކަމެއް، އެއީ ގާނޫނީތޯ ނުވަތަ އެއްވެސް ހަތިޔާރުގެ ނެޓްވޯކަކުންތޯ ނޫނީ އިތުރު ތަފްސީލެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ.
އޮފިޝަލުން ބުނާ ގޮތުގައި އެމީހުންނަށް ”އަސްކަރީ ސްޓައިލްގެ ތަމްރީނެއް“ ލިބިފައިވީ ކަމަށެވެ. ތަފްސީލެއް ނެތެވެ. ތަމްރީންވި ކޭމްޕެއް، އިންސްޓްރަކްޓަރުން، އަދި ޓައިމްލައިނެއް ވެސް ނެތެވެ.
ޓެރަރިޒަމްގެ ލޭބަލް ބިނާވެފައިވަނީ އައިއެސްގެ ދިދަތަކާއި، ހަމަނުޖެހުން ބޮޑު ސަރަހައްދަކަށް ދަތުރުކުރުމާއި، އައިސިސް ދިދައާއި ޔަހޫދީންގެ ބަޔަކަށް އަމާޒު ކުރުމާއި، ކުރީގެ ރެކޯޑްތަކުގެ މައްޗަށެވެ.
މިއީ ޓެރަރިސްޓް ހާދިސާއެއް ކަމުގައިވިއަސް ބުނެފައިވާ ވާހަކަތަކާ އެއްވަރަކަށް މިކަމާ ބެހޭ ގޮތުން މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. މީގެ ތަފްސީލު މި އިނގިރޭސި ރިޕޯޓްގައި ހިމަނާފައި ވާނެއެވެ.
Reading Bondi beyond the headline: Terrorism, evidence, and unanswered questions






