ހާދީގެ މަރުގެ ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ ހާލަތު ގޯސްވެ، ހަމަނުޖެހުންތައް އިތުރުވަނީ

އިބްރާހީމްް ސަމީރު
ޑިސެމްބަރ 21, 2025

ދަރިވަރުންގެ ލީޑަރު ޝަރީފް އުސްމާން ހާދީ މަރުވުމާ ގުޅިގެން ކޮންމެ ހިނދެއްގައިވެސް ޑާކާ އުތުރި އަރައިފާނެ ކަމަށް ބެލެވެއެވެ. އިއްޔެ ރޭ  ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ ޑާކާ އާއި އެހެނިހެން މުހިންމު ސިޓީތަކުގައި ފުލުހުންނާއި ޕެރަމިލިޓަރީ ފޯސްތައް ރުކުރުވާލާފައެވެ.

އުސްމާން ހާދީގެ މަރާ ގުޅިގެން މުޒާހަރާ ކޮށްފައިވާ މީހުންގެ ތެރޭގައި ހައްދުފަހަނަޅާފައިވާ ގްރޫޕްތައް ވެސް ހިމެނޭ ކަމަށް ފުލުހުން ލަފާ ކުރެއެވެ. މުޒާހަރާގައި ވަނީ އިންޑިއާއާ ދެކޮޅަށް ޝުއޫރުފާޅުކޮށް، ވެރިރަށް ހުއްޓުމަކަށް ގެނަސް ނުރައްކާ ބޮޑުކޮށްފައެވެ. އަދި، ނިއުދިއްލީން ދަނީ އެ ބަނގްލަދޭޝްގައި ތިބި އިންޑިއާގެ ޑިޕްލޮމެޓުންނާއި ސަގާފީ މަރުކަޒުތަކަށް އޮތް ނުރައްކާތައް ކައިރިން ވަޒަން ކުރަމުންނެވެ. ބަންގްލަދޭޝްގައި ހާލަތު އަދިވެސް ވަނީ ނާޒުކު ހާލަތެއްގައެވެ.

މުޙައްމަދު ޔޫނުސްގެ ސަރުކާރުން ވެސް ވަނީ ގައުމު މިހާރު އޮތީ ”ނާޒުކު ހާލަތެއްގައި“ ކަމަށް ބުނެފައެވެ. އަދި ކުރިއަށްދާ ޑިމޮކްރެޓިކް ބަދަލުތަކަށް ހުރަސް ނޭޅުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މިހާރު ކުރިއަށް ދާ ހަމަނުޖެހުންތަކަކީ ސިޔާސީ އިސްލާމީ ފިކުރުގެ ޖަމާޢަތުލް އިސްލާމީގެ އެހީގައި ހަރަކާތްތެރިވާ ފަރުކަށި ކަމަށް ސިފަ ކުރެވޭ ފަރާތްތަކުން ކުރިއަށް އޮތް އިންތިޚާބަށް ހުރަސް އެޅުމަށް ކުރާ މަސައްކަތެއް ކަމަށް ސަރުކާރުގެ އޮފިޝަލުން ތުހުމަތު ކުރެއެވެ.

މި ހަމަނުޖެހުމުގައި އިންޑިއާއަށް އަމާޒުކޮށްފައި ވެއެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ހަމަނުޖެހުމާއި ދަތިހާލަތުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ސަރުކާރަށް ކުޑަވުމުން އިންޑިއާ ވަނި އަމާޒު ފަތްގަނޑަކަށް ހަދާފައެވެ. އަދި މުހިންމު ނޫސްތަކެއް ކަމަށްވާ ޕްރޮތޮމް އަލޯ އާއި ދަ ޑެއިލީ ސްޓާރ އަށް ދީފައިވާ ހަމަލާތަކުން ދައްކުވައިދެނީ ހައްދުފަހަނަޅާފައިވާ ފަރާތްތަކުން މީޑިއާގެ އަޑުތައް ހިމޭންކުރުމަށް މަސައްކަތްކުރާކަމެވެ.

މުހައްލިލުން އިންޒާރު ދޭ ގޮތުގައި މި ނާޒުކު ހާލަތުގައި އިތުރު ހަމަނުޖެހުމެއް ކުރިމަތިވެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ބަންގްލަދޭޝްގެ ސިފައިންނަށް މިކަމަށް ވަނުމަށް މަޖުބޫރު ވާނެ ކަމަށެވެ.

މި ލިޔުމާ ގުޅޭ