އައްޑޫސިޓީ ފޭދޫ ފަރިމާގޭ، އާމީނަތު އީނާ ނަސީރު، އެ ސިޓީގެ ޑަބްލިޔުޑީސީގެ ރައީސާ ކަމަށް ކުރިމަތިލީ ސަމާސާއަކަށްނޫނެވެ. އޭނާގެ އުންމީދުތައް ފޮނިވެފައި ވަރަށްގިނައެވެ. ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް އިތުރުވެފައި ފައިދާ ބޮޑެވެ.
އީނާ ޑަބްލިޔުޑީސީގެ ރައީސާކަމަށް އިންތިޚާބު ކޮށްފި ކަމަށްވާނަމަ އޭނާ އެންމެ އިސްކަންދޭނީ ހޭލުންތެރި މުޖުތަމައެއް ބިނާ ކުރުމަށެވެ. އެކަމަކު ގާނޫނާއި ގަވާއިދުގެ މަތީންނެވެ.
އީނާގެ މޭސްތިރިކަމުގެ ދަށުން ތައުލީމީ ގޮތުން އަންހެނުންގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްކުރާނެއެވެ. އޭގެ އިތުރުން ސިއްހީގޮތުން އަންހެނުން ހޭލުންތެރި ކުރުމާއި، ސިޔާސީ ގޮތުން އިތުރަށް ކުރިއަރުވައި ބާރުވެރިކުރުވަން މަސައްކަތް ކުރުމާއި، ގައުމީ ތަރައްގީގެ އޮނިގަނޑު އެކުލަވާ ލުމާއި، އޭގައި ހިމަނާ ލަނޑުދަނޑުތައް ހާސިލް ކުރުމަށް، ސިޓީ ކައުންސިލާއި ކަމާގުޅުން ހުންނަ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަކީ އީނާ އެންމެ އިސްކަންދޭނޭ ކަންތައް ތަކުގެ ލިސްޓުން ޖާގަ ހޯދައިފައިވާ ކަންކަމެވެ. މީގެ އިތުރުން އަންހެނުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރުމަކީވެސް އީނާގެ ލިސްޓުގެ އެންމެ ކުރިން ޖާގަހޯދައިފައިވާ ކަމެކެވެ.
މިކަންކަމަށް ބަލާއިރު އީނާގެ މަސްއޫލިއްޔަތުތައް ވަރަށް ރަނގަޅަށް އެނގިފައިވާކަން ކަށަވަރުވެއެވެ. މިކަންކަން ދަންނަ މީހަކު މިމަގާމަށް ހޮވުމަކީ ކަންކަން ތަންފީޒު ކުރުމަށް ވަރަށް ފަސޭހަވެގެންދާނޭ ކަމެކެވެ.
އީނާ މިމަގާމަށް ކުރިމަތިލީ ސިޓީގެ ރައްޔިތުންނަށް ޚިދުމަތްކޮށްދޭ ހިތުންނެވެ. ޚިދުމަތް ކޮށްދިނުމަކީ އީނާގެ އުފަލެކެވެ. ހިތްހަމަޖެހުމެކެވެ. އީން އަކީ މިހާރުވެސް ސިޔާސީ މަގާމެއްގައި އިންނަވައިގެން ރައްޔިތުންނަށް ޚިދުމަތް ކޮދެމުން ގެންދާ ހީވާގި ޒުވާނެކެވެ. ޕީއެންސީގައި ނަންހިނގާ ތަރިއެކެވެ. ސަރުކާރުގެ އެންމެ ދަށުން ފެށިގެން އެންމެ މައްޗާ ވަރުގަދަ ގުޅުމެއް އޮންނަ ލީޑަރެކެވެ. މުޖުތައުގައި ބަސްވިކޭ އެންމެންގެ އެކުވެރިއެކެވެ.
މިހުރިހާ ވާހަކައެއް ދައްކަން އީން ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ އަމަލުން ނަތީޖާ ދައްކާށެވެ. އެހެންވީމާ އީނާ ބޭނުންވަނީ ފަހި ފުރުސަތެކެވެ. އެ ފުރުސަތު ދެވެން އޮތީ ރައްޔިތުންނަށެވެ. އެހެންވީމާ ޑަބްލިޔުޑީސީ އިންތިޚާބު ބާއްވާ ދުވަހު އެންމެން ނުކުމެ ހިނިތުންވުމާއެކު އެންމެންގެ އީން އަށް ވޯޓުދޭންވީއެވެ. ކޮންމެ މީހަކު އެންމެ ވޯޓެކެވެ. އެގޮތަށް އީނާގެ ނަމާދިމާގައި ފާހަގަ ޖެހުމަށްފަހު ފޮށްޓަށް ވައްޓާލައި ގެއަށް ނަތީޖާގެ އިންތިޒާރުގައި ތިބެންވީއެވެ.
ޑަބްލިޔުޑީސީގެ ރައީސާއަކަށް ވުމަށްފަހު އީން އެންމެ އިސްކަންދޭނީ މަޝްވަރާގެ މަތީން ކަންކަން ކުރުމަށެވެ. ގާނޫނާއި ގަވައިދަށް ބަރާބަރަށް ބޯލަނބަމުންނެވެ. ޑަބްލިޔުޑީސީގެ ރައީސާއަކަށްވިޔަސް އެކަނި ކަންކަން ނުނިންމޭނޭ ކަމަށް ޑިމޮކްރަސީއަށް ލޯބިކުރާ އީނާ ބުންޏެވެ. ”ކަންކަން ކުރެވޭނީ އެންމެހާ މެންބަރުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން. މަޝްވަރާކޮށްގެން. ޚިޔާލުތަފާތުވިޔަސް ރައްޔިތުންނަށް ކޮންމެހެން ކޮށްދޭންޖެހޭ ކަންކަމުގައި އެންމެން ވެސް އެކައްޗެއް ކިޔަންވާނީ. އޭރުން ރައްޔިތުންގެ އިތުބާރު ލިބޭނީ. މި މަސައްކަތަކީ ބޮޑު ޒިންމާއެއް އަދި އެހާމެ ބޮޑު އަމާނާތެއް. އެހެންވީމާ ބޭނުންވަނީ ޓީމެއްގޮތުގައި އެންމެން ގިޅިގެން މަސައްކަތްކޮށް ނަތީޖާ ދައްކަން،“ އީން ބުންޏެވެ.
މިކަން މިމަގަށް ކުރުމުގެ ގާބިލްކަނަ އީނާގެ އެބަހުއްޓެވެ.






