އުމަރު ނަސީރު/ފޮޓޯ ޕީއެސްއެމް

މާލޭސިޓީ ކައުންސިލް އިންތިޚާބު: އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއްނެތް: އުމަރު

މުހައްމަދު އަލީ
ޑިސެމްބަރ 25, 2025

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބުގައި މާލޭސިޓީ ކައުންސިލުގެ މޭޔަރުކަމަށް ކުރިމަތިލައިފައިވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރަކީ 2028 ވަނައަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް މިހާރުވެސް ކެންޕޭން ކުރަމުންދާ ބޭފުޅެކެވެ.

މީގެ ކުރީން އަޑުއިވިފައިއޮތީ ޕީއެންއެފްއިން ވާދާކުރާ ކެންޑިޑޭޓު ޒަރިޔަންދަށް އުމަރު ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އުމަރު ތާއީދުކުރާ ކެންޑިޑޭޓަކާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ މާލޭސިޓީއަށް ވާދަކުރަމުންދާ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނޭ ކަމަށެވެ.

 

މި ލިޔުމާ ގުޅޭ