ނިވާކަން ކުޑަހެދުން އަޅައިގެން ފަތުރުވެރިން އުޅޭތީ ގެސްޓުހައުސްތަކަށް މައުލޫމާތު ދީފި

މުހައްމަދު އަލީ
ޑިސެމްބަރ 29, 2025

ހުޅުމާލޭ ގެސްޓުހައުސް ތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

ޑިސެމްބަރު 29 ވަނަ ދުވަހު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޓޫރިސްޓް ޕޮލިހާއި ނެއިބަހުޑް ޕޮލިސް ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ޕްރޮގްރާމަކީ ހުޅުމާލޭގައި ފަތުރުވެރިން ނިވާކަންކުޑަ ހެދުން އަޅައިގެން ބީޗުގައި އުޅޭ މައްސަލަ ހުއްޓުވުމަށް ގެސްޓުހައުސް ތަކުގެ ވެރިން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި، ފަތުރުވެރިން ބިކިނީ ލައިގެން މޫދަށް އެރުމާއި ބީޗުގައި ހަރަކާތްތެރިވުން އިތުރުވަމުން އަންނާތީ، އެކަން އެގޮތަށް ނުކުރުމަށް ފަތުރުވެރިންނަށް މައުލޫމާތު ދިނުމަށާއި، ބީޗުގައި އުޅޭއިރު އަގުބޮޑެތި މުދަލަށް ސަމާލުވުމަށް ފަތުރުވެރިންނަށް އަންގައިދިނުމަށް ވެސް އިރުޝާދު ދީފައިވާނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، މިދުވަސްވަރަކީ ހައި ސީޒަންއަށް ވުމާއެކު ބުކިންގ މައްސަލަތަކުން ސަލާމަތްވުމަށް ފަތުރުވެރިންނަށް ރަނގަޅު އިރުޝާދު ދިނުމަށާއި، ޕޭމަންޓާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ވެސް ދުރާލައި ކުރުމަށާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް ވެސް އިރުޝާދު ދީފައިވާނޭ ކަމަށް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ